ދީން

ކަންދެއްކުމެއް ނެތި, ސިއްރުން ސަދަގާތްކުރާ މީހާއަށް މާތް اللهގެ ހިޔާވަހިކަން ލިބޭނެ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކަންދެއްކުމެއް ނެތި, ސިއްރުން ސަދަގާތްކުރާ މީހާއަށް މާތް اللهގެ ހިޔާވަހިކަން ލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ " މަހްޝަރުދުވަހުގެ ހޫނުން ރައްކާތެރިވުން" މިއެވެ.

ހުތުބާގައި ބުނީ ގިޔާމަތް ދުވަހުން ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި މާތް اللهގެ ވަޖުހުފުޅަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވެ, އެކުގައި އުޅެ, އެގޮތުގައި ވަކިވެދިޔަ މީހުން ހިމެނޭ ކަމަށެވެ. އަދި ރީތި, މުއްސަނދި, މަތިވެރި, ހަސަބާއި ނަސަބުން މޮޅު އަންހެނަކު ފާހިޝް ކަމަކަށް ދައުވަތު ދިނުމުން އަހުރެން މާތް اللهގެ އަޒާބަށް ބިރުވެތިވަމޭ ބުނެ, އެ ދަޢުވަތާ ދުރުހެލިބި މީހާ ހިމެނޭ ކަމަށެވެ.

މަހްޝަރު ދުވަހުގެ ގަދަހޫނުން ސަލާމަތް ކޮށްދޭނެ ފުރަތަމަ ކަމަކީ އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދިނުން ކަމަށާއި މިއީ މީސްތަކުންގެ މުދާ ބާތިލް ގޮތުގައި ކެއުމަށްޓަކައި ދަރަނި ނަގާ މީހުންގެ ވާހަކަ ނޫން ކަމަށާއި، ދަރަނި އަދާކުރެވޭ ހާލުގައި ދަރަނި އަދާނުކޮށް ދިގު ދަންމާ މީހުންގެ ވާހަކައެއްވެސް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

އެއީ ދަރަންޏެއް ނެގިފަހުން ވެސް ތަނަވަސްކަމެއް ނުލިބި ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތުދިނުން ނުވަތަ ދަރަނި އަދާކުރުމުގެ މުއްދަތު އިތުރުކޮށް ދެވިދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!