ވިޔަފާރި

މަޖާ، ގިނަ ކުޅިވަރުތަކާ އެކު 'އެލައިޑް ފެސްޓް' މާދަމާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެލައިޑް އިންޝުއަރެންސުން އިންތިޒާމު ކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ "އެލައިޑް ފެސްޓް" މާދަމާ ބާއްވަން ނިންމައިފިއެވެ. މިއީ އެލައިޑް ފެސްޓް ބާއްވާ ދެވަނަ އަހަރެވެ.

Ads by Sosun Fihaara

މި އަހަރުގެ ފެސްޓިވަލް ކުރިއަށްދާނީ މާދަމާގެ ހަވީރު 4:00 އިން 6:00 އަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ފެސްޓިވަލް ބާއްވަން ފުރަތަމަ މަސައްކަތް ކުރީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.

މި ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. އެގޮތުން މަސް ބޭނުމުގެ ކުޅިވަރުތަކާއި ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، އާޓް ކޯނަރުގެ އިތުރުން ޓްވިސްޓާގެ ފަދަ ކުޅިވަރުތައް ހިމެނެއެވެ.

މީގެ އިތުރުން މި ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދިރިއުޅުމާއި އާއިލާއާ ބެހޭ މައުލޫމާތު ސެޝަންތަކެއްވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.

މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއްވެސް ކުރިއަށްދާނެއެވެ. އެ ލަކީޑްރާއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭން ވަނީ ނިންމައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!