ޚަބަރު

ތިނަދޫ ކައުންސިލްގެ ނިންމުން ބާތިލުކޮށް 5،000 ނުނެގޭނެ ކަމަށް އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިޓީއެއްގެ ދަރަޖަ ދީފައި އޮތް ތިނަދޫ މީހުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާ ނަމަ އިދާރީ ފީއަކަށް 5،000ރ. ނަގަން ތިނަދޫ ކައުންސިލުން ނިންމި ނިންމުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލުކޮށްފިއެވެ.

Ads by Hajj Corporation

އެ ނިންމުމާއި ގުޅިގެން މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ވަނީ އެ ނިންމުމަކީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށާއި އެ ނިންމުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެކަން ތިނަދޫ ކައުންސިލަށް އަންގާނެ ކަމަށްވެސް އެލްޖީއޭ އިން ބުނެ އެވެ.

ތިނަދޫ ކައުންސިލުން މި ގޮތަށް ނިންމީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އެގޮތުން ރަށްވެހިކަން ބަދަލުކުރާ މީހުންގެ އަތުން 5،000ރ. ގެ އިދާރީ ފީއެއް މިއަދުން ފެށިގެން ނަގަން ނިންމުމާ ގުޅޭ ގޮތުން ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ ތިނަދޫގެ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ އެ ސިޓީގެ އާބާދީގެ ނިސްބަތަށް ނުރަނގަޅު އަސަރު ކުރާތީ ކަމަށެވެ.

އެހެންވެ މި ނިންމުމަކީ ތިނަދޫގެ އާބާދީ އިތުރު ކުރުމަށް ބާރަކަށް ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

Ads by Allied Insurance
  1. ވަގުންނޭ

    މުއިއްޒު އަށް ހީވަނީ އަދުރޭ ބުނެގެން މިހާރު ނޫހަށް ފައިސާ ދީގެން ސަރުކާރު ޕްރޮމޯޓް ކުރެވޭނެ ކަމަށްތޭ މިހާރު ނޫހުން މުއިއްޒު ޗައިނާ އަށް ކުރާ ދަތުރުގައި ސަރުކާރަށް ތާއީދު ކުރާ މީހުންގެ އެއްވެސް ކޮމެންޓެއްް ނުގެނެސް އެމެން ގެނެސްދެނީ މުޅިންވެސް އިންޑިއާ އަށް ތާއީދުކުރާ އެމްޑީޕީގެ ކުރީ ސަރުކާރުގެ ތިމާވެށި ވަޒީރުކަން ކުރި ކަނޑުކޮސް އިންޑިއާ އަށް ތާއީދު ކޮށް ލިޔާ ކޮމެންޓްސް ތަކޭ މިވަރުވެސް ކަނޑުކޮސް އަދުރޭ އަށް ނޭގެއޭ އަދުރޭ އެއީ ނުކިޔަވާ ހުރި ގަމާރު ބީތާ އެކޭ އަދުރޭ އަކީ ބަތާހަރާމީ ހަރާމްކޯރެކޭ