ޚަބަރު ސަރުކާރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ޖާފަތެއް ދެއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މިރޭ ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.

Ads by STELCO

މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އަދި އެ ބައްދަލުވުމަށްފަހު ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވެއެވެ.

މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އިޖުތިމާއީ އިޤްތިޞާދީ ދާއިރާއިން ގުޅުންތައް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުންނާއެކު މަޝްވަރާތައް ކުރައްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by HDC
  1. ވަގުންނޭ

    ޗައިނާ ޒިންދާބާދު ސިވިލްސާރވިސް ގޮތަށް އަމިއްލަ ކުންފުނި ތަކުގެ މުވައްޒަފުން ވެސް ކުރަނީ ގައުމަށް ޚިދްމަތޭ އިގްތިސާދު ވަށާ ޖެހޭނީ އަމިއްލަ ކުންފުނި ތައް ވެސް ހިމަނައިގެންނޭ ސަރުކާރުން އަމިއްލަ ކުންފުނި ތަކުގެ ވިޔާފާރި ކުރިއަރުވަން އަދި އެމެންނަށް ހުޅުމާލެ އަދި ތިލަފުށިން ކުޑަ ކުލީގައި ބިންދީގެން ބަލަންވީ މާލޭގައި ހުރި ހުރިހާ ގަރާޖް ތައް ހުޅުމާލެ އަދި ތިލަފުއްޓަށް ބަދަލުކޮށްލެވޭތޯ އަދި ފޭދޫފިނޮޅު އިރުން އޮތް ފަޅު ޗައިނާއިން ލޯން ނަގައިގެން އެފަޅުހިއްކާށޭ ރައީސް ޔާމީން މުއިއްޒުގެ އަފްއާމްގެ ދަށުން ދޫކުރާށޭ އެނޫންނަމަ މިސަރުކާރު ދިފާއު ކުރާނެ ބަޔަކު ނުތިބޭނެއޭ މުއިއްޒު ވަގު އަދުރޭ ބުނާ ގޮތަށް ނަހަދާށޭ އެއީ އެއް ހިއްސު މަދު އުނގުން ވިސްނާ ބަތާހަރާމީ ހަރާމްކޯރެކޭ އެރުނޑިކާޅާއި ދޮންކެޔޮ ނިހާނާއި އަންހެނދުޅައިގެ އަލީ އާރިފް މެން ތިއްބާ ނޫންތޭ ޕީޕީއެމް 2018 ގެ ރިޔާސީ އިންތިޚާބުން ބަލިވީ އެއީ ނުކިޔަވާ ތިބި ތަނެއް ދޮރެއް ނުދަންނަ ގަމާރު ބީތާއިންނޭ މަމެން ބުނީމާ މުއިއްޒު ތަ ގަބޫލުކުރާށޭ ތަވެސް ތީ ބޮޑު ކަނޑުކޮހެކޭ އިނގޭތޭ