ޚަބަރު

ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ބަޔަކު ނުފޫޒު ފޯރުވުމާ ދެކޮޅު, މިނިވަންކަން ދެމެހެއްޓުމުގައި އެހީވާނަން: ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ބޭރުގެ އެއްވެސް ބަޔަކު ނުފޫޒު ފޯރުވުމަކީ ޗައިނާއިން ދެކޮޅު ހަދާ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި އެގައުމުން އަބަދު ވެސް އެހީތެރިވާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

Ads by MWSC

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތުފުޅަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ހުންނެވީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.

ރާއްޖެއާއި ޗައިނާއާ އެކުގައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ މަސްލަހަތުތައް ރައްކާތެރި ކުރުމަށް އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭން ދެ ޤައުމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ދިވެހީންގެ މިނިވަން ކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރާ މަސައްކަތު ގައި ޗައިނާ އިން ތާއީދަކާއި އެހީތެރިކަން އޮންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ތަރައްގީއާ ކުރިއެރުން ހޯދުމަށް ރާއްޖެއިން ކުރާ މަަސައްކަތަށް އެއްބާރުލުން ދިނުމާއި އެހީތެރިކަން އަބަދު ވެސް ދޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި ކަރާމާތް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށާއި މި ގައުމު ތަރައްގީ ކުރާނެ ގޮތާ ގުޅޭ ގޮތުން އަމިއްލައަށް ނިންމާ ނިންމުންތަކަށް ޗައިނާ އެއްބާރުލުންދީ އިހުތިރާމު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

ރާއްޖެ އިން ވަނީ ވަން ޗައިނާ ސިޔާސަތު ގަބޫލުކުރާ ކަމުގެ ޔަޤީންކަން އެ ޤައުމަށް ދީފައެވެ. އެގޮތުން ޓައިވާނަކީ ޗައިނާއާ ވަކިނުކުރެވޭނެ، އެ ގައުމުގެ ބަޔެއްގެ ގޮތުގައި ބަލައިގަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

  1. ބަލާތި

    ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު ޗައިނާ ޒިންދާބާދު ޕީއެންއެފް ޒިންދާބާދު