ރިޕޯޓް

އަލިފާނުގެ ހާދިސާއެއް ހިނގުމުން ކޮވިޑުގެ ނުރައްކަލަށް ބެލުމެއްނެތި ރައްޔިތުން "ކުޅިބަލަން" ނިކުމެ މަގުމަތީގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ދަނޑިވަޅެއްގައި އެއްބަޔަކު އަނެއްބަޔަކާއި ގައިދުރުކަން ބެހެއްޓުމަށާއި ތިމާއާއި ތިމާގެ ކައިރީގައި އުޅޭ ބަޔަކު ރައްކާތެރިކުރުމަށް ކޮންމެ ދުވަހަކު ވެސް ކަމާއިބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Ads by MWSC

އެޗްޕީއޭ އާއި ކަމާއިބެހޭ އެހެން ވުޒާރާތަކުން ވެސް މިފަދައިން ދެމުން އަންނަ އިރުޝާދުތައް ވަކި ބަޔަކު އަޑުއަހަމުން ދިޔަ ކަމުގައިވިޔަސް ގިނަ މީހުން އަދިވެސް މިއިރުޝާދުތަކަށް ދެމުން ގެންދަނީ ބީރު ކަންފަތެކެވެ.

މިރޭ 22:00 ހާއިރު މާލޭ ހެންވޭރުގައި ހުންނަ ގަދަގެ މުޙައްމަދުފުޅު ބިލްޑިންގައި ވަނީ ހިތާމަވެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އުރީދޫގެ ހެޑް އޮފީސް ވެސް ހުންނަ އެއިމާރާތުގެ އެންމެ ތިރީ ފަންގިފިލާ އާއި އެހެން ބައެއް ފަންގިފިލާތަކުގައި ހުންނަނީ އެސްބީއައި ގެ އޮފީސްތަކެކެވެ.
އަލިފާންރޯވި ސަރަޙައްދުގައި ހުރި ކެފޭ އެއްގައި ވެސް ރޯވި ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ހާދިސާގެ މަންޒަރުތައް ދެކޭ ހިތްވި ނަމަވެސް އަލިފާނުގެ ދުމަކީ ވެސް ނޭވާލާ ނިޒާމަށް ނުރައްކާތެރި އެއްޗަކަށްވާއިރު، މިހާރު ފެތުރެމުން މިދާ ބަލިމަޑުކަމުން ވެސް ރައްކާތެރި ކުރުމަށްޓަކައި އެޗްޕީއޭ އިންވެސް ވަނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ. ނަމަވެސް ބައެއް މީހުން އެނަސޭޙަތް އަޑު ނާހާ އަވަސްވެގަތީ އެތަނަށް "ކުޅިބަލަން" ދިޔުމަށާއި ފޯނުތަކުން ފޮޓޯއާއި ވީޑިއޯ ނެގުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!