ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް ޒިޔާރަތްކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

Ads by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުންވެސް ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީޚީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ޙަޟާރަތަށް ތާރީފުކުރައްވާފައިވެއެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. މިފާރަކީ 21000 ކިލޯމީޓަރު ދުރަށް ދިގުދެމިފައިވާ ޗައިނާގެ ތާރީޚީ މުހިންމު ބިނާއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Allied Insurance
  1. ކުރާށޭ

    ޗައިނާ އެއީ ތެދުވެރިކަން ކުރިއަށް ނެރެގެން ރާއްޖޭގެ މިނިވަން ކަމަށް އިހްތިރާމް ކުރަމުން ރާއްޖޭގެ ތަރައްގީ އަށް އެހީވަމުންދާ ހަމައެކަނި ގައުމަކީ ރާއްޖޭގެ ކޮމޯޑިޓީސް ބާޒާރު ދުވަހަށް ވުރެން ދުަވަހަށް އަގު އުފުލެމުން ގޮސް ފިޔާ ކިލޯއެއް ރަނުގެ އަގަށް ވިއްކަން ޖެހެނީ އެއީ އިންޑިއާ އަށް ބަރޯސާވާތީ ސަރުކާރުން ވިސްނާށޭ ކަމުގައި ރާއްޖެ ބޮއިކޮޓް ކުރަން ގޮވާ ގައުމަކުން ވިޔާފާރި ކުރަން ނުޖެހޭނެއޭ އެމްއެމްއެކްސްޕޯރޓް ބިލިއަން ޑޮލަރ ކުންފުންނަކަށްވީ ރާއްޖޭން ވިޔާފާރިކޮށްގެންނޭ އެމެން ބޮއިކޮޓްކުރާށޭ ރާއްޖޭން އެމްއެމްއެކްސްޕޯރޓް ބޮއިކޮޓްކުރޭ ސަރުކާރުން އެމެން ކަސްޓަމަށް ގެންނަ މުދާ ޑެމެރޭޖް ނުވަނީސް ނެރެނުދޭށޭ އެމެންނަށް ޖެއްސުން ކުރާށޭ އާސަންދަ އަގުބޮޑަށް ތައިލެންޑަށް ބަދަލުކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ