ދީން

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ ވަރަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައަޅަން ޖެހޭ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ ވަރަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައަޅަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "މަސްތުވާތަކެތީގެ ނުރައްކާ" މިއެވެ.

ހުތުބާގައި ބުނެފައިވަނީ މިއަދު އަހަރެމެންނާ ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާއަކީ, މަސްތުވާތަކެތީގެ ވަބާ ކަމަށާއި މީހަކަށް ބައްޔެއް ޖެހުމުން އެ ބަލިން ފަސޭހަވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އެއާ ހިލާފަށް ވަރުގަދަ އީމާންކަމާއި އަޒުމެއް ނެތް މީހަކު މަސްތުވާތަކެތީގެ ވަބާގައި ޖެހިއްޖެ ނަމަ އެއާ ދުރަށް ދާން ނޫޅޭނެ ކަމަށެވެ.

ލިބެމުންދާ ބޮޑެތި ގެއްލުންތައް އިޙްސާސް ވިޔަސް އެއާ ދުރަށް ދިޔުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރާތަން ފެންނާނީ އަމިއްލަ އަތުން ތިމާގެ ނަފްސާއި ހަށިގަނޑު ހަލާކުކޮށް ނައްތާލަން އުޅޭތަން ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މަސްތުވާތަކެތި ބޭނުންުރާ މީހަކު އެކަމުން ސަލާމަތްވާން މަސައްކަތް ކުރާކަން އެކަމުގެ ވިޔަފާރީގައި އުޅޭ މީހަކަށް އެނގޭ އިރަށް ކަންބޮޑުވެ, އޭނާ އެކަމުން ދުރަށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެހެން ގޮތެއް ނެތިއްޔާ މަރަން ވެސް ފަސްނުޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންނަކީ ވަޒީފާއެއް އަދާކުރެވޭ ބައެއް ނޫން ކަމަށާއި އެމީހުންނަށް ވަޒީފާ ދިނުމަށް ވެސް މީހުން ފަސްޖެހޭ ކަން ފާހަގަކުރަމުން ހުތުބާގައި އިތުރަށް ބުނީ އެއިން މީހަކަށް މަސައްކަތް ކޮށްގެން ލިބޭ އެއްޗެއް ވެސް ހޭދަކުރަން ޖެހެނީ އަނބިދަރިންގެ ލާބައާއި މަންފާގެ ބަދަލުގައި އަމިއްލަ ހަށިގަނޑުގެ ހަލާކަށް ކަމަށް ހުތުބާގައި ބުންޏެވެ.

އަދި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މިހާރު އޮންނަ ވަރަށްވުރެ ބޮޑު އުގޫބާއެއް ކަނޑައެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!