ޚަބަރު

ރައީސްގެ އެދިވަޑައިގަތުމަށް ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ކުރިއަށް އޮތް 5 އަހަރަށް މަޑުޖައްސާލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސެވުމަށް ޗައިނާ ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ގިނަ އަދަދެއްގެ ލޯނު ހުރުމުން، އެ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދެއްވުމަށް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރެވުނުކަމަށެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގައި އެދިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން އެދުމުން އެކަމަށް ޗައިނާއިން ފުރިހަމައަށް އިޖާބަ ދީފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ނުދައްކާ ދިގު ދައްމާލަން މަޝްވަރާކުރެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޗައިނާގެ ރައީސަށް އެކަންތައް ހުށަހެޅުމުން ވަގުތުން، ރަސްމީ ޓޯކްސްގައި އެކަމާބެހޭ ގޮތުން ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވާ ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ނުދައްކައި، ގްރޭސް ޕީރިއަޑެއް ލައި، ވީހާވެސް ލުއި ގޮތަކަށް އެ ލޯނުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް އެތަނުގެ ފިނޭންސް މިނިސްޓްރީ އާއި ފައިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަކީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ހިންގެވުމަށް ނަގާފައިވާ ލޯނުތަކެކެވެ. އެގޮތުން ބްރިޖު މަޝްރޫޢާއި، ހިޔާ ފްލެޓްތަކާއި އަދި އެ ނޫންވެސް ތަރައްޤީއާ ގުޅޭ މުހިއްމު ގިނަ މަޝްރޫޢުތަކަކަށް ޗައިނާއިން ވަނީ ރާއްޖެއަށް ލޯނުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ ޗައިނާއަކީ ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް އެންމެ ދީލަތި އެއް ޤައުމުކަން ސަރުކާރުން ފާހަގަކުރައްވައެވެ.

Ads by Ooredoo
  1. ޔަގީނޭ

    ޗައިނާ އިން ލޯން އެހީ އަދި ހިލޭ އެހީ ހޯދައިގެން މާލެ ސަރަހައްދުގައި ރިއަލް އެސްޓޭޓް ވިޔާފާރި ފުޅާ ކުރަންވީ ކޮމްބައިންޑް ރިއަލް އެސްޓޭޓް ވިޔާފާރީގެ ގޮތުގައި އެއީ ރެސިޑެންޝަލް އެޕާރޓްމެންޓްސް ޕާރކް ތަކާއި އަދި ކޮމާރޝަލް ޕާރކްސް ތަކާއި އަދި ލޯ އެންޑް މެނުފެކްޗަރިން އިންޑަސްޓްރީ އާއި އެޑިއު ޕާރކް ތަކާއި އަދި ހެލްތް ޕާރކްތައް އެކުވެލޭ ގޮތަށޭ މިކަން ކުރެވޭނެ 5 ކިލޯ މީޓަރުގެ ޖާގަ އެއްގައި ހުރިހާ ބައިތައް އެކުލެވޭ ގޮތަށް 25 ބުރީގެ އިމާރާތް ތައް ހަދާށޭ މިގޮތުން ސްކެއަރ ބިލްޑިންގްސް ތަކެއް އަޅާ އެތަނުގައި މިކަން ކުރެވޭނެއޭ އެކަމަކު ފުރަތަމަ 10 އަހަރު ކޮމާރޝަލް ޕާރކް ތަކާއި އަދި ލޯ އެންޑް މެނުފެކްޗަރިންގް ޕާރކްސް ތަކުގައި އުފައްދާ ތަކެއްޗަށް ޓެކްސް ނުނަގާ ވެލިއު އެޑެޑް ފީއެއް ނަގަންވީ %3 އަށް ވުރެން މަތި ނުވާނެ އުސޫލުން މީގައި ބޭނުންވާނީ އުފައްދާ ވޮލިއުމް ބޮޑުކޮށް ސޭލްސް މަތިކުރުމޭ އެއިރުން މައިކްރޮސޮފްޓް މުއްސަނދި ވަމުން އެދާ ގޮތަށް މި އިންޑަސްޓްރީސް ތައް މުއްސަނދި ވަމުންދާނެއޭ އަތް ނުފޯރާ ވަރަށް މެދުއިރުމަތިން ވެސް އޯޑަރު ލިބޭނެ އެކްސްޕޯރޓް ކުރަން އެއީ ޔަގީން ކަމެކޭ…

  2. ވިސްނާށޭ

    ޗައިނާގެ އިގްތިސާދު އަދި ޗައިނާގެ އިންޑަސްޓްރިއަލައިޒޭޝަން ގްލޯބަލައިޒްޑް ވަމުންދާ ކަން އެއީ މިއަދު ބްލޫމްބާރގް އިން ވެސް ގަބޫލުކުރާ ހަގީގަތަކޭ މިކަންކަން އިތުރަށް ތަރައްގީ ކުރެވެން ޗައިނާގައި ނެތޭ ޗައިނާ އޮތީ އެންމެ މައްޗަށް މިއަދުގޮސްފައޭ އަދު ޗައިނާ ބޭނުންވަނީ ގައުމުން ބޭރުގައި ބޮޑެތި އިންވެސްޓް ކޮށްގެން ޗައިނީސް އިކޮނޮމިކް މޮޑެލްސް ތައް ކާމިޔާބު ކުރަން މިކަން ދިވެހިންނަށް ވަނީ ސާބިތުކޮށްދީފައޭ ހިޔާ ފްލެޓްސް ތަކުން ޗައިނާގެ ރިއަލް އެސްޓޭޓް ވިޔާފާރި ރާއްޖޭގައި ކުރިއަރާނެ ކަން މިއަދު މިވަނީ ޔަގީންވެފައޭ މިކަން ވަރަށް ގަދައަށް އަވަހަށް ކުރާށޭ މިކަން ކުރާ ގޮތް ލަހޭ އެއް ސައިކަލް އާއި އަނެއް ސައިކަލް ދެމެދު މިސާލަކަށް ހިޔާ ފްލެޓް ސައިކަލް ނިމޭއިރު އެއަށް ވުރެން ގިނަ ފްލެޓްސް ތައް އެއަށް ވުރެން ސައިޒުން ބޮޑުކޮށް ޖެއްސިނަމަ މިއަދު އެއީ ވަރުގަދަ މާރކެޓަކަށް ބަދަލުވެގެން ދިޔާއީސްއޭ…

  3. ކުރާށޭ

    ޕީޕީއެމް ޕީއެންސީ މާލޭގެ މޭޔަރު އިންތިޚާބުން ބަލިވީ ހަގީގީ ސަބަބަކީ މަސައްކަތް ނުކުރެވުމެއް ނޫނޭ އެއީ ރައްޔިތުން ވޯޓް ދިން ގޮތާއި ޚިލާފަށް އަދުރޭ އިސްވެ ހުރެ ކަންކަން ކުރުމުންނޭ މުއިއްޒު ހޮވޭއިރަށް މުއިއްޒު ބޮލަށް ވަދެގެން އަދުރޭ ދަމައިގަތީ އެއީ ރައީސް ޔާމީނަށް ލިބެން ޖެހޭ ބައި ދެން އަދުރޭ އަށް ފެންނަ މީހަކަށޭ ވަޒީރު ކަމާއި ސަރުކާރުގެ އިސްމަގާތް ތައް ދެނީ މިހާރު މާލެ ތެރޭގައި އަޑުއިވޭ 3 ލައްކަ ރުފިޔާ އަދުރޭ ބުނާ މީހަކަށް ދިނުމުން ސަރުކާރުގެ ބޯރޑް މެމްބަރު ކަންދެއޭ މުއިއްޒު އަވަހަށް މިކަމުގައި ވިސްނާ ރައީސް ޔާމީން މިހަފްތާގައި އަފްެއާމްގެ ދަށުން ދޫކޮށްލާ މާޒީ މާޒީ އަށް ދޫކޮށްލާ ޕީޕީއެމް ޕީއެންސީ އަދި ޕީއެން އެފް އަދި އެމްޑީއޭ ގުޅިގެން އަންނަ މަޖްލީސް އިންތިޚާބުގައި ވާދަ ކުރަންވީއޭ އެނޫން ނަމަ މަޖްލީސް އިންތިޚާބު ޕީޕީއެމް ޕީއެންސީ އަދި ޕީއެންއެފް އަށް ވެސް ނުލިބޭނެއޭ ޖޭޕީ އެއީ ގައްދާރުންނޭ އަލީ އާރިފަށް ނުލިބޭނެއޭ 10 ވޯޓް ވެސް މިވަރުގެ މީހުންނޭ މުއިއްޒު ގާތްކޮށްގެން އުޅެނީ މުއިއްޒުގެ ސަރުކާރު ސިޔާސީ ގޮތުން ވަރަށް ބަލިކައްޓޭ އެކަން މުއިއްޒު ދަނެގެން ރައީސް ޔާމީން ފޮނުވާފައިވާ މެސެޖަށް ޖަވާބުދީ ފުރަތަމަ ވެސް ރައީސް ޔާމީން އަފްއާމްގެ ދަށުން ދޫކޮށްލާ އަވަހަށް ޕީޕީއެމް ޕީއެންސީ އާއި ޕީއެންއެފް ވަކިން މަޖްލީސް އިންތިޚާބަށް ތައްޔާރު ވާންވީއޭ މިކަން އަވަސް ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ