ޚަބަރު

މިހާތަނަށް ގުނި ވޯޓުން ކުރީގައި އުޅުއްވަނީ އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި -އިލެކްޝަންގައި މިހާތަނަށް ގުނުނު ވޯޓުން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފި އެވެ.

Ads by MWSC

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު ފޮށިތަކުން އާޒިމް ވަނީ 2،395 ވޯޓު ކާމިޔާބުކުރައްވައިފަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 1،485 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 724 ވޯޓު ލިބިވަޑައިގެންއިރު ޕީއެންއެފްގެ ކެންޑިޑޭޓު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 570 ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގެންފައިވަނީ 28 ވޯޓެވެ.

މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ އަށް ކައުންސިލަރުން އިންތިހާބު ކުރުން ވެސް މިއަދު އޮތެވެ. އެ ތިން ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާ އެވެ.

Ads by HDC
  1. ރަސްމާލެ ކުރިއަށް ގެންދިޔަ ނުދޭން މީނަ މީ ކާކު މޭޔަރުކަން ލިބުނަސް ސަރުކާރަށް ކޮންކަމެއް