ފަރުކޮޅުފުށީގައި މިރޭ ހަވާ އަރުވަނީ

މިރޭ ފަރުކޮޅުފުށީގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހަވާ އަރުވަން ހަަމަޖެހިފައިވަނީ މިރޭ ފަރުކޮޅުފުށީގެ ބޭރުން 22:00ގައި ކަމަށާއި ހަވާ އަރުވާނީ 3 މިނެޓަށް ކަމަށެވެ.
މިރޭ ހަވާއަރުވަނީ ފަރުކޮޅުފުށީގައި ބާއްވާ ޕްރައިވެޓް ހަފުލާއެއްގެ ތެރެއިންނެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށްނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް ގާތްގަނޑަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. އެމްއެންޑީއެފުން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.