ޚަބަރު

120،000 ޓަނުގެ މުދާ ހޭންޑަލްކުރެވޭ ވީއައިއޭ އާ ކާގޯ ޓާމިނަލް ހުޅުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަހަރަކު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި ކާގޯ ޓާމިނަލް މިއަދު ހުޅުވައިފިއެވެ.

Ads by STELCO

ޓާމިނަލް ހުޅުވުމަށް ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފްގެ އިތުރުން ކެބިނެޓް ވަޒީރުންނާއި, އެމްއޭސީލްގެ އިސް ބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ.

ތަރައްޤީކުރި އާ ޓާމިނަލްއަކީ ކުރީގެ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑުތަނެކެވެ. މިތަނުގެ ބޮޑުމިނުގައި 11628 އަކަމީޓަރު ހުރެއެވެ.

އާ ކާގޯ ޓާމިނަލާއެކު އަހަރެއްގެ މައްޗަށް 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭއިރު މީގެކުރިން ހޭންޑަލް ކުރެވެނީ 50،000 ޓަނުގެ މުދަލެވެ.

އާ ޓާމިނަލްގެ މަސައްކަތް ކޮށްފައިވަނީ ޗަައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)ންނެވެ.

އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ކާގޯ ހިދުމަތް ދެމުން އަންނަ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވީއައޭގެ ކުރީގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީއަކީ 50،000 ޓަނު ނަމަވެސް އޯވާ ކެޕޭސިޓީގައި 75،000 ޓަނާ ހަމައަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ބޭނުން ކުރި އިމާރާތަކީ 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެއް ކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންގެ މުދާ އެންމެ އެކަށީގެންވާ ގޮތެއްގައި ނުބެލެއްޓޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކު މުދަލުގެ ރައްކާތެރިކަން ގާއިމުކުރެވި، އެއްފަހަރާ ޚިދުމަތް ފޯރުކޮށްދެވޭ މިންވަރު ތިން ގުނައަށް އިތުރުވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

Ads by HDC
  1. ބަލާތި

    ސުވާމީ އަމައޭ ކިޔާ ބަލަ މޯދީ ރާއްޖެއަށް ހަމަލާ ދޭން އިންޑިއާ ސިފައިން ފޮނުވައިފިނަމަ އެމެންގެ އަމާ ބަފާ އަށް ފާތިހާ ދުވަސް ވެސް އަންގާނުލާނަމޭ ތިޔާ ގޮތަށް ވަސަންތީ ވެސް އެރި ނޮވެމްބަރ 88 ގައި ކެނެރީގެ ނަޝީދު ފޮނުވައިގެން ސަގަރޭ އާއި އެކު ވަސަންތީގެ އަމާ ބަފާ އަށް ފާތިހާ ދުވަސް ވެސް އަދި ވެސް ނޭނގޭދޯ މުއިއްޒުގެ ވެރިކަން ވައްޓާލަން މޯދީ އުޅުމަށް ވުރެން އޭނާގެ އަމާ ހަނދާން ކުރިއްޔާ މާތާހިރުވާނެ ނޫންތޭ މޯދީ އަމާ ހަނދާންކޮށްބަލަ