ޚަބަރު

7 ފެބްރުއަރީގައި ލޭ އޮހޮރުމަކަށް ނުދިޔައީ އަޅުގަނޑު ބަޑި ގުދަން ނުހުޅުވީމަ: ނަޝީދު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ހަތެއް ފެބްރުއަރީ 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވެއްޓުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ލޭ އޮހޮރުމަކަށް ނުދިޔައީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ބަޑި ގުދަން ނުހުޅުވީމަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަޝީދު މިހެން ވިދާޅުވީ އެ ސަރުކާރުގައި ނައިބު ރައީސް ކަން ކުރެއްވި އަދި ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ސައިކަލު ބުރުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ރައީސް ވަހީދު މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް އުނިކަމެއް އަންނަން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ލޭ އޮހޮރާލައިގެން ވެސް ރާއްޖެ ސަލާމަތް ކުރުމަށް ރައްޔިތުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށެވެ.

ވަހީދުގެ މިވާހަކަފުޅަށް ފާޑުވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ވިދާޅުވީ ރައީސް ވަހީދު މިއަދު މުޒާހަރާގައި ލޭ އޮހޮރުވާ ވާހަކަ ދެއްކެވުމުން ހައިރާނެއް ނުވާ ކަމަށެވެ.

"7 ފެބްރުއަރީގައި ލޭ އޮހޮރުމަކަށް ނުދިޔައީ އަޅުގަނޑު ބަޑި ގުދަން ނުހުޅުވީމަ ހަތިޔާރު ނަގަން ހުއްދަ ނުދިނީމަ." ނަޝީދު ވިދާޅުވިއެވެ.

އޭރުގެ އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ، 7، 2012 ގައެވެ. އެމަނިކުފާނާއި އެމްޑީޕީން ސިފަ ކުރައްވާ ގޮތުން އެއީ ބަޣާވާތެކެވެ.

  1. ނުރަބޯ

    ކެރަފާ ނަޝީދު ހަދާ ދޮގުތައް އަޑުނާހަބަލަ.