މާލޭ ރެސްޓޯރެންޓެއްގައި ގޭސް ފުޅިއެއް ގޮވައި އެކަކަށް ސީރިއަސް އަނިޔާތަކެއް
![](https://dhen.mv/wp-content/uploads/2024/01/13DB7336-7D92-43F3-B7AF-297788CB6329-850x548.jpeg)
މާލޭގައި ހުރި ރެސްޓޯރެންޓެއްގައި ގޭސް ފުޅިއެއް ގޮވައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގައި އެ ރެސްޓޯރެންޓުގެ ސްރީ ލަންކާގެ ޝެފަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އިތުރު ފަރުވާއަށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައިނުވެއެވެ.
މާލޭ ފަޔަރ ސްޓޭޝަނުން މިހާރު އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.