ޚަބަރު ސަރުކާރު ސިޔާސީ

ކޮންމެ ވަގުތެއްގައިވެސް އިންޑިއާއަށް އިހުތިރާމް ލިބެން ޖެހޭ: ރައީސް ނަޝީދު

ޙައްވާ އިނާޝާ ، ދެން އޮންލައިން

އަަވަށްޓެރި އިންޑިއާއަށް ކޮންމެ ވަގުތެއްގައިވެސް އިހުތިރާމް ލިބެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޒަމާނުއްސުރެ ދިވެހިން އަމިއްލަ ވެރިކަމެއް ހާސިލްކޮށްފައި ވަނީ ގަދަބާރުން ނޫން ކަމަށާއި ދިވެހީންނަކީ ހަރުދަނާ އަދި ސްޓްރެޓެޖިކް ބަޔަކަށްވާތީ ކަމަށެވެ.

ހަމަ އެހެންމެ ރާއްޖޭގެ ލީޑަރުންގެ ދުރުވިސްނުމެއް ނެތް ނަމަ، އަދި އެ ބޭފުޅުންގެ ބުރަކަށީގައި ތަޅަމުން ދާނަމަ، ރާއްޖެއަށް ގެއްލުންވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންޑިއާއަކީ ރާއްޖޭގެ އަވަށްޓެރި އަދި ރަހުމަތްތެރިއެއް ކަމަށާއި ކޮންމެ ވަގުތެއްގައިވެސް އިންޑިއާއަށް އިހުތިރާމް ލިބެން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު އައު ސަރުކާރުގެ ވެރިކަން ފެށުމާއެކުހެން ރާއްޖެއާއި އަވަށްޓެރި އިންޑިއާއާ ދެމެދު ވަނީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!