ނިޔާވި 21 އަަހަރުގެ ޒުވާނާ ކޮވިޑަށް ފައްސި

ހުޅުމާލޭގައި ރޭ ނިޔާވި 21 އަަހަރުގެ ޒުވާނާ ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ ޒުވާނާ ނިޔާވުމާ ގުޅިގެން ކޮވިޑް-19 އަށް ޓެސްޓްކުރި ކުރުމުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.
އެ ޒުވާނާ ކޮވިޑް-19 އަށް ފައްސި ވެފައިވީ ނަމަވެސް އެއީ އެ ބަލި ޖެހިގެން ނިޔާވި މީހެއްގެ ގޮތުގައި އެޗްއީއޯސީން ކަނޑައަޅާފައެއް ނުވެއެވެ.
ރޭ ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ ހދ. މަކުނުދޫ، ބާނި، ފާތުމަތު ޒަހާ އަހުމަދު ޝަކީލްއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ރޭ ބުނެފައިވަނީ ރޭ 11:42 އެހާކަންހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ 21 އަހަރުގެ ޒުވާން އަންހެނަކު އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް ހޮސްޕިޓަލުން ފުލުހަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގެއް ކުރަމުން ގެންދާ ކަމަށް ވެސް ބުނެފައިވެއެވެ