މޯލްޑިވިއަންގެ އައު ފްލައިޓް ފްރާންސްގައި, އަންނަ މަހު އަންނާނެ

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އަލަށް ގެންނަން އުޅޭ އޭޓީއާރު މަރަކައިގެ މަތިންދާ ބޯޓްގެ ޓެސްޓް ފްލައިޓްތައް ފްރާންސްގައި ކުރަމުން އެބަދެއެވެ.
އޭވިއޭޝަންގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާސް އިން ވަނީ އެ ފްލައިޓްގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އެ ކުންފުނިން ގެންނަނީ 24-600 މަރުކާގެ ބޯޓެކެވެ.

މޯލްޑިވިއަންއިން ބޭނުން ކުރަމުން އަންނަ ޑޭޝްް-8 މަރަކައިގެ ފްލައިޓްތައް އޭޓީއާރަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިވަގުތު މޯލްޑިވިއަންގެ ފްލީޓްގައި ތިން އޭޓީއާރު ފްލައިޓް އެބައޮތެވެ. އެއީ 70 މީހުންގެ ޖާގައިގެ ދެ އޭޓީއާރު 72-600 އާއި 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 އެކެވެ.
މިވަގުތު ފްލީޓްގައި ޑޭޝް 8ގެ ދިހަ ފްލައިޓް އޮވެެއެވެ. އޭގެ އިތުރުން އެއަރބަސް 320 އެއް މޯލްޑިވިއަންއިން އޮޕަރޭޓް ކުރެއެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ މޯލްޑިވިއަން ފުޅާ ކުރަން ޕްލޭންކޮށް ވައިޑް ބޮޑީ ބޯޓު ގަންނަން ފައިސާ ދީފައެވެ. އެއީ ދިގު ދަތުރުތައް ފަށަން މޯލްޑިވިއަންއަށް ސަރުކާރުން ކުރާ އިންވެސްޓްމެންޓެކެވެ.