ޚަބަރު

މިއަހަރު އެންމެ ގިނަ ފައިސާ އެމްޑީޕީ, ޕީޕީއެމް އަދި ޕީއެންސީއަށް!

އައިކާ ޔުނާން ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

މިއަހަރަށް ލަފާ ކުރާ ބަޖެޓު ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވެ ތިބި ހަ ޕާޓީއަކަށް ދައުލަތުގެ ހަރަދުގައި ދޭ ފައިސާގެ އަދަދުތައް އާންމުކޮށްފި އެވެ.

Ads by STELCO

މި އަހަރު ވެސް ދައުލަތުން އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީއަށް 15 މިލިއަން ރުފިޔާ ލިބެ އެވެ. ދެ ވަނަ އަށް އެންމެ ގިނައިން ލިބޭ ޕީޕީއެމަށް 10.5 މިލިއަން ރުފިޔާ ލިބެ އެވެ.

ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓަށް އަލަށް އިތުރުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއެވެ. ޕީއެންސީއަށް ދައުލަތުގެ ބަޖެޓުން 8 މިލިއަން ރުފިޔާ ލިބޭނެ އެވެ. ޕީއެންސީއަކީ ތިން ވަނަ އަށް އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީ އެވެ. އެ ޕާޓީގައި މިދިޔަ އަހަރު ނިމުނުއިރު 28,000 ވުރެ ގިނަ މެންބަރުން ތިބި ކަމަށް އީސީން ބުނެފައިވެ އެވެ.

އީސީން އާންމުކޮށްފައިވާ ގޮތުގައި 18,000 މެންބަރުން ތިބި ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ބަޖެޓު ފާސްކުރިއިރު 10,000 މެންބަރުން ތިބި ދެ ޕާޓީއެއްގައި މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު ހަމަނުވެ އެވެ. އެއީ އެމްޑީއޭއާއި އަދާލަތު ޕާޓީ އެވެ. އެމްޑީއޭއަށް މިއަހަރުގެ ބަޖެޓުން 2.5 މިލިއަން ލިބޭއިރު, އަދާލަތު ޕާޓީއަށް ވެސް އެވަރު ލިބެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އަދި އެ ފައިސާ ބަހާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، އެ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!