ޚަބަރު

13 ކެނޑިޑޭޓަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓް ކަށަވަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްރައިމަރީއަކާ ނުލާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް 13 ފަރާތަކަށް ކަށަވަރުވެއްޖެއެވެ.

Ads by Hajj Corporation

ޕީޕީއެމް – ޕީއެންސީން މިއަދު ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ފަރާތުން ވާދަކުރުމަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށްއެދި ހުށަހަޅާފައިވާތީއާއި، އެކި ސަބަބުތަކާއެކު ބައެއް މެންބަރުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެއް މެންބަރަށް އަދަދު މަދުވެފައިވާތީ ޕްރައިމަރީއެއް ބޭއްވުމެއްނެތި 13 ފަރާތަކަށް ކޯލިޝަންގެ ޓިކެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމް – ޕީއެންސީންގެ ޓިކެޓު ކަށަވަރު ކުރި ފަރާތްތައް:
1- ހޯރަފުށީ ދާއިރާ، އަލީ މޫސާ
2- ބާރަށު ދާއިރާ، އިބްރާހިމް ޝުޖާއު
3- ހަނިމާދޫ ދާއިރާ، އިދުރީސް އަބްދުﷲ
4- އޭދަފުށީ ދާއިރާ، އަހްމަދު ސަލީމް
5- މަހިބަދޫ ދާއިރާ އަހްމަދު ތާރިޤު
6- ނިލަންދޫ ދާއިރާ، ފާތިމަތު ސައުދާ
7- ތިމަރަފުށި ދާއިރާ، އިބްރާހިމް ސަނާހް
8- ފޮނަދޫ ދާއިރާ، އަބްދުއްރަހީމް އަަބްދުﷲ
9- ހިތަދޫ މެދު ދާއިރާ، އަހްމަދު އަޒާން މަރުޒޫޤް
10- ހުޅުދޫ ދާއިރާ، މުހައްމަދު ޝާހިދު
11- ގަލޮޅު ދެކުނު ދާއިރާ، އިބްރާހިމް މުހައްމަދު
12- ހެންވޭރު ހުޅަނގު ދާއިރާ، އަލީ އިބްރާހިމް
13- ހުޅުމާލެ މެދު ދާއިރާ، އަބްދުﷲ ޝަޛީމް

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ވާދަކުރި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑަސީ ބަލައިނުގަތުމުން މައްސަލަ ހޫނުވެ ގިނައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ. އެންމެފަހުން ޕީއެންސީން ނިންމީ ޕްރައިމަރީއަށް ކުރިމަތިލި ހުރިހާ ފަރާތްތަކަށް ވާދަކުރެވޭގޮތަށް ޕްރައިމަރީ ބޭއްވުމަށެވެ.

ޕީޕީއެމް/ޕީއެންސިގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!