ޚަބަރު

އަމީނީ މަގު އެއްކޮޅުން އަނެއްކޮޅަށް ބަލާ, މައްސަލަތައް ހައްލު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޒަމާނީ ފެންވަރަކަށް ތަރައްގީކުރަމުންދާ އަމީނީ މަގުން ފާހަގަވާ ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ އަމީނީ މަގުގެ ތާރު އަޅާފައިވާ ބައެއް ސަރަހައްދުތަކުން ތާރުތައް ނެއްޓިގެން ދިއުމާއި ބައެއް ތަންތަނުގައި ވަޅުގަނޑު ހެދިފައި ހުރިކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.

އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އިއްޒުއްދީންމަގާއި ހަމައަށް ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ކުރީ ސަރުކާރުންކަމަށެވެ.

ވަޒީރުގެ ޓްވީޓްގައި ފާހަގަކޮށްފައިވާ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ކުރީ ސަރުކާރުން ހަދާފައިވާ އަމީނީ މަގުގެ ސެގްމަންޓްތަކުން ހަލާކުވެފައިވާ ތަންތަނުގެ ފޮޓޯތަކެވެ.

ވަޒީރު ވިދާޅުވީ އަމީނީ މަގު "އެއްކޮޅުން އަނެއްކޮޅަށް" ބަލައި، ފާހަގަވާ މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރަމުންދާކަމަށެވެ.

އަމީނީ މަގު ތާރު އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ފުރަތަމަ ހަވާލުކުރީ މާލޭ ސިޓީ ކައުންސިލާއެވެ. ނަމަވެސް އެމަސައްކަތް ފަހުން ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ.

އަމީނީ މަގު ތަރައްގީކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރީ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފައި އޮތްނަމަވެސް، ތާރު އަޅަން ބޭނުންވާ ސާމާނު އެ ކުންފުނީގައި ނެތުމުން، އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.

13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އަމީނީ މަގުގެ މަސައްކަތް މިދިޔަ އަހަރު ނިންމާގޮތަށް ތާވަލްކުރިނަމަވެސް އެ މަސައްކަތް ތާވާލާއި އެއްގޮތަށް ނިންމާފައެއް ނުވެއެވެ. އަދި ތާރު އެޅުމަށްފަހު ކުރީ ސަރުކާރުން ހުޅުވި ސަރަހައްދުތަކުގައިވެސް ހުރީ ބައެއް މަސައްކަތްތައް އެއްކޮށް ނުނިންމައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަމީނީ މަގުގެ މަސައްކަތް އަވަސްކުރުމަށް ހާއްސަ އިސްކަމެއް ވަނީ ދެއްވާފައެވެ. އެގޮތުން ކުރީ ސަރުކާރުން މީގެކުރިން ހަދާފައިވާ ސެގްމަންޓްތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ އިތުރުން، މަގުގައި ނުނިންމާ އޮތް 2 ސެގްމަންޓެއްގެ މަސައްކަތްވެސް ވަނީ މި ސަރުކާރުން މިހާރު ނިންމާލާފާއެވެ.

Ads by HDC
  1. އަކުރަމާ ތިގުރޫޕައް ތާއިދުކުރާ މޮޔައިންތިނޫނަސް މިޤައުމުގަ އެބަތި ބުރިޖު އަޚާވާހަކަ ދެއްކީމަ ކިހިނެއްވީ ކީކޭކީ ތިގަމާރު ގުރޫޕައް ބުރިޖެއްއަޅާށޭކިޔައިގެން ކުރެވުނުކަންތަކާ ހަރަދުވި ފައިސާ 50މިލިއަނުން ނިމި 2އަހަރުތެރޭ ބޭނުންކުރަންފަށާ ދުއްވާދެއްތޯ އެބަ !ކޮބާއަމީނީމަގު ހާލަކީ ހުޅުލޭކޮޅަޅައްތޯއަރިކޮށް އޮތީ …….