ރާއްޖެއިން ފެނުނު ކިނބޫ, ކަނޑަށް ދޫކޮށްލައިފި
![](https://dhen.mv/wp-content/uploads/2024/01/photo_2024-01-25-15.53.38-850x548.jpeg)
ދ.އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން އިއްޔެ ހިފި ކިނބޫ ދޫކޮށްލައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެ ކިނބޫ ދޫކޮށްލާފައިވަނީ އޮޔާ ވައި ހުރި ގޮތް ބެލުމަށްފަހު ރާއްޖެއަށް އޭތި އަނބުރާ އައުމުގެ ފުރުސަތު ކުޑަވާގޮތަށް، ބޭރު ކަނޑަށްކަމަށެވެ.
ދިގުމިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިގެން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 4:08 ހާއިރުއެވެ.
މީގެކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނިފައިވެއެވެ. ނަމަވެސް އޭގެއިން އެއްޗެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.