ކޮވިޑް-19: ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ހދ. ކުޅުދުއްފުށި ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެޗްއީއޯސީ ގެ ތަރުޖަމާނު ތަސްލީމާ އުސްމާން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައިމިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މާލެ ސިޓީއަށް އިއްޔެ ޓްރާންސްފަރ ކުރި މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ކަމަށެވެ.
މޮނީޓަރިންގެ ހާލަތުގައި އޮންނައިރު، ކުޅުދުއްފުށްޓަށް ވެސް މީހުން އަރާފޭބުން މަނާ ވާނެއެވެ.
ކުޅުދުއްފުށި މިއަދު މޮނީޓަރިންގެ ހާލަތަށް ލާފައިވާއިރު ގދ. ތިނަދޫ ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ލާފައެވެ. އެރަށް މޮނީޓަރިން އަށް ލީ އެރަށުން ވެސް މީހަކު ކޮވިޑަށް ފައްސިވުމުންނެވެ.
ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން، މިހާރު އަތޮޅުތެރޭގެ ބައެއް ރަށުން ވެސް އަންނަނީ މިބަލި ފެންނަމުންނެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގެ 18:00 ގެ ނިޔަލަށް 7،469 މީހަކު ރާއްޖެެއިން ކޮވިޑަށް ފައްސިވެފައިވެ އެވެ. ރަށްރަށުގައި ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.