ޚަބަރު

މާދަމާއިން ފެށިގެން ހެނދުނު ހައެއް ޖަހާއިރު ފިހާރަތައް ހުޅުވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާދަމާއިން ފެށިގެން ހެނދުނު 6:00 އިން ފެށިގެން ފިހާރަތައް ހުޅުވަން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

Ads by Hajj Corporation

އެމިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް މާދަމާއިން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށާއި އެގޮތުން 30 އޮގަސްޓް އިން ފެށިގެން، މާލެ ސަރަހައްދުގައި ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 6:00 އިން ރޭގަނޑު 21:30 އަށް ކަމަށެވެ.

މީގެކުރިން ފިހާރަތައް ހުޅުވާ ރަަސްމީ ގަޑިއަކީ ހެނދުނު 9:30 އިން ރޭގަނޑު 21:30 އެވެ.

މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ހައެއް ޖަހާއިރު ފިހާރަތައް ހުޅުވަން ކަަނޑައެޅި ނަމަވެސް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް މާލެ ސަރަޙައްދުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް ރޭގަނޑު 22:00 އިން ފަތިހު 5:00 އަށް ބޭރަށް ނިކުމެެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!