ޚަބަރު

ގެދޮރުވެރިޔާ ފްލެޓުތަކުގެ މައްސަލައިގައި އޭސީސީއިން މި ހަފްތާގައި ގޮތެއް ނިންމަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަން ފަށާފައިވާ 4000 ފްލެޓް ލިބޭނެ މީހުން ކަނޑައެޅި ގޮތާއިމެދު އޭސީސީން ބަލަން ފަށާފައިވާ މައްސަލަ މި ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް ބުނެފި އެވެ.

Ads by Hajj Corporation

ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީ އިން ހުއްޓުވާފައި ވަނީ އެކަމާ ގުޅިގެން ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ. އެ ޝަކުވާތަކުގައި ބުނެފައި ވަނީ، އެ ފްލެޓްތައް ދޫކޮށްފައި ވަނީ ޝަރުތު ހަމަނުވާ މީހުންނަށް ކަމަށާއި ޕޮއިންޓް ދިނުމުގައި އޮޅުވާލާފައިވާ ކަމަށެވެ.

"ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4،000 ފްލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގައި ފްލެޓާ ގުޅޭ ކަންކަން މަޑުޖައްސައިލުމަށް ކޮމިޝަނުން އެންގި އެންގުމާ މެދު ކޮމިޝަނުން މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެކަމުގައި ދެންނެވީމެވެ،" އޭސީސީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

ފްލެޓުތަކާ ގުޅޭގޮތުން އޭސީސީއިން ހިންގާ ތަހުގީގަށް ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރު ފްލެޓް ޕޯޓަލް އެކްސެސް ވެސް އެ ކޮމިޝަނަށް ދީފައެވެ.

Ads by Ooredoo
  1. މިހާ ގިނަ ދުވަހު ތި މައްސަލަ ތަޅުވާފަ އޭސީސީ އިން ކިހާ އިންސާފުވެރި ވޭތޯ ރައްޔިތުން މި ތިބީ ބަލަން. ކުރިން ބުނި ފްލެޓް ދީފަ ހުރިގޮތުގައި މައްސަލަ އުޅޭތޯ ބަލަން އެކަން ހުއްޓުވި ވާހަކަ… އޮޓޯއިން މާރކްސް ދޭ ސޮފްޓްވެއަރ އަކަށް މެނުއަލްކޮށް ބައެއްމީހުންގެ މާރކްސް ބަދަލުކޮށްފަ ހުރި ވާހަކަ. 4000 މީހުންގެ ތެރޭގައި ފްލެޓް ހޯދަންއޮޅުވާލި މީހުން ލިސްޓުން އުނި އުނިކޮށް ނުހައްޤުން ލިބުނު މީހުން ލިސްޓުން ކެޓީމަ، 1މާރކްސް މަދުވި މީހުންގެ ތެރެއިންކޮންމެވެސް ބަޔަކަށް ލިބެންޖެހޭ…. ފްލެޓް ލިބޭކަމަށް ލިސްޓްގައި ތިބި 13،000 މީހުންގެ ތެރެއިބް ނުހައްޤުން ހޯދި މީހުން ކެނޑީމަ އިތުރު ބަޔަކަށް ފްލެޓް ނުލިބެންޏާ އެއީ ސުވާލެއް؟ބައެއްގެ އަތުން ނުހައްޤުން ދީގެން އަތުލާ ފްލެޓް. 1 މާރކްސް މަދުވެގެން ނުލިބިފައި ތިބި މީހުންނަށް ނުލިބެންޏާ ސުވާލު އުފެދޭނެ އެ ފްލެޓްތަކަށްހެދި ގޮތެއް އެނގެން ޖެހޭ…