ފެނަކައަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދޭނެ: ފަހުމީ
                                                    ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ސްޓެލްކޯއަށް ވެވެންހުރި ގޮތަކަށް އެ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ޓެކްނިކަލް ދާއިރާތަކުން ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުމަށް ސްޓެލްކޯއާއި، ފެނަކައާއި ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ.
އެގޮތުން ފަހުމީ ވިދާޅުވީ ފެނަކައަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ސްޓެލްކޯއަށް ވެވެންހުރި ގޮތަކަށް އެ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"ފެނަކަ މިހާރު އޮތް ހާލަތުން އަރައިގަންނަން ޖެހޭ" ފަހުމީ ވިދާޅުވިއެވެ.
މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން މެކޭނިކަލް އަދި އިލެކްޓްރިކް އިންޖިނިއަރިންގެ ރޮނގުން، ފެނަކައިގެ މުވައްޒަފުންނަށް ތަމްރީނު ދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. ހަމަ އެހެންމެ ފެނަކައިން ކަރަންޓު ފޯރުކޮށްދޭ ބައެއް ރަށްތަކަށް ސްޓެލްކޯއިން މުވައްޒަފުން ފޮނުވަންޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ"ފެނަކައިގައި ހުރި މެޝިނަރީޒްތައް ސާވިސްކުރަން ބެނުންވާނެ ސަމާނާއި އެކަމަށް ބޭނުންވާ ގާބިލު މުވައްޒަފުންނާއި އަދި ރަށްތަކަށް ފޮނުވޭނެ މުވައްޒަފުންވެސް ސްޓެލްކޯގައި މަދު ނުވާ ވަރަށް އެބަތިބި،" ކަމަށެވެ.
ފަހުމީ ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގުނެގުމަކާއި ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަގްސަދުގައި ކޮށްދޭ ކަންތައްތަކެއް ކަމަށެވެ.
މީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު މީޑިއާތަކާ ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު ފެނަކަ އޮތް ހާލަތުން އަރައިގަތުމަށް އެކި ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
މިގޮތުން މި އެއްބަސްވުމުގެ ދަށުން މެޝިނަރީ ސާވިސްކުރުމަށް ސްޓެލްކޯގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ފެނަކައިގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މުއާޒް ވިދާޅުވެފައި ވެއެވެ.
 

            
                    
            
                    
            
                    
		
		
		
		
		
I do believe all the ideas youve presented for your post They are really convincing and will certainly work Nonetheless the posts are too short for novices May just you please lengthen them a little from subsequent time Thanks for the post