ޚަބަރު

ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު އަރައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއެއްގެ ބޯޑިން ޓީމަކުން އަރައިފިއެވެ.

Ads by Hajj Corporation

އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފުން ބަލަމުންގެންދާ ކަމަށެވެ. 

އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އދ. މަހިބަދޫ "އަސުރުމާ 3" ދޯންޏަށް އަރާފައިވަނީ އިންޑިއާ އަސްކަރިއްޔާއިންނެވެ.

Ads by Allied Insurance
  1. ކަޓައްޕާ

    އެޓޭކް ކުރޭ އަވަހައް

  2. ފަހީމު

    އެދޯނި އޮތީ ރާޖެ ސަރަހަށްދުގަނޭރޭނެ ބިރުދައްކަނީ މިނިވަންގައުމެއް މިހާރުހުރި ވެރިމީހަ އިންޑިޔާ ބުނާހާގޮތެއް ނަހަދާނެ މިހިތްވަރުހުރިކެރޭ ކައްޕިތާނެއް އިންޑިއް ރުއްސާނީ ހިންނަވަރު އިބުރާހިމު{

  3. ކޮބާތޯމިދޯނީގަތިބިފަޅުވެރިން

  4. ޢަސްލު މީހާ

    ނޫން އިންޑިޔާ އަކުން ނާރާނެ، ކަނޑުގެ އަމާ ބަލަހައްޓަނީ، މި ވެރިކަން ވެސް ވައްޓާނެ، އިންޑިޔާ ސިފައިން މި ޤައުމު ވެސް ހިފާނެ، ނަޝީދު ގެ ބަހެއް ބޭނުން މިކަމުގަ،

  5. ބިރެއް ނުދެއްކޭނެ ގައުމުދެކެ ލޯބިވާ ދިވެހި ދަރިން އެބަތިބި ގައުމަށް ގައްދާރުވާ ބަޔަކުވެސް އެބަތިބި