ޚަބަރު

އިންޑިއާ ސިފައިން ދޯންޏަށް އެރީ ހަތިޔާރާއެކު، ވީޑިއޯ އާންމުވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހި މަސް ދޯނިތަކަށް އެރި އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުންދިޔަ ވީޑިއޯއެއް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު އާންމުކޮށްފިއެވެ.

Ads by STELCO

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ އިންޑިއާ ސިފައިން އެރި ދޯންޏެއްގައި ހުރި ދިވެއްސަކު ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯ ކުރި މީހާ ކިޔައިދިން ގޮތުގައި އެ ދޯނީގެ ހުރިހާ ފަޅުވެރިން ތިބީ ދޯނީގެ ފަހަތަށް ގެންގޮސްފައެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އިންޑިއަން ކޯސްޓްގާޑުގެ ރާޑާ ޕްލޮޓާ ޔުނިފޯމްގައި ދެމީހަކު ތިއްބެވެ. އެތަނުން އެކަކު ހުރީ ހެލްމެޓް އަޅައިގެން ހަތިޔާރާއެކުއެވެ. އަދި އިންޑިއާ ސިފައިން އެރި ތިން މަސްދޯނިވެސް ކައިރީގައި އޮތެވެ.

އެ ދޯނިތައް ކައިރީގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރެއް ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ވެސް އެ ވީޑިއޯއިން ފެނިގެން ދިޔައެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާ މައްސަލައެއް ފެންމަތިވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިކަމާއި ގުޅިގެން ބޮޑުކަންނެލި ޖަމިއްޔާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ މެންބަރު ތިން ދޯންޏަކަށް ބޭރު ގައުމެއްގެ އަސްކަރިއްޔާއިން އިއްޔެގެ ވަގުތެއްގައި އަރާ ބިރު ދައްކާ، މުއާސަލާތު ކުރާ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް މަސްވެރިކަން ކުރުމަށް ހުރަސް އެޅުމަކީ އެ ޖަމިއްޔާ އިން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބުނީ އެ އަމަލަކީ އިންތިހާ އަށް ނުރައްކާތެރި އަމަލެއް ކަމަށެވެ.

Ads by Ooredoo
  1. ރައްކާވޭ

    މެއި 10ގެ ކުރިން އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށް އިންޑިއާ އިން ބުނިނަމަވެސް އިންޑިއާ އަކީ އެއީ އެއްވެސް އިތުބާރުކުރެވޭ ގައުމެއް ނޫނޭ ރާއްޖެ އަށް އެމެން ހެލިކޮޕްޓަރު ގަނޑެއް ދިނީ އެއީ އެދުއްވަން ދިވެހިންނަށް ދަސްކޮށްދޭނެ ކަމަށް ބުނެއޭ 15 އަހަރު ވެގެން ދިޔައިރު އެކަންނުކޮށް އެމެން ކުރާ ކަމަކީ ހެލިކޮޕްޓަރުގެ ސްޕެއަރ ޕާރޓްސްއޭ ކިޔާ މަހަކު ދިވެހި ސަރުކާރުން 25 މިލިއަން ޑޮލަރު ދަމަައިގަންނަނީއޭ މީ އިންޑިއާ އިން ކުރާ ބޮޑުވަެއްކަމެެއް ނޫންތޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ އިންޑިއާ ސިފައިން ރައްކާވޭ ތިޔާއީ ބޮޑުބަލާއެކޭ