ޚަބަރު

އީސީގެ ދަފްތަރަށް މަޖިލިސް ޕްރައިމަރީ ބޭއްވި ފުރަތަމަ ޕާޓީއަކަށް އެމްޑީޕީ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ މާރިޗް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް މިއަދު ކުރިޔަށްދާ އިންތިޚާބަކީ އިލެކްޝަން ކޮމިޝަންގެ ދަފްތަރަށް ބޭއްވުނު ފުރަތަމަ މަޖިލިސް އިންތިޚާބެވެ.

Ads by Hajj Corporation

ރާއްޖޭގައި މިހާރު ބާއްވަމުން އަންނަ އެތެރޭގެ އިންތިޚާބުތަކުގައި ބޭނުން ކުރަމުން އަންނަނީ ޕާޓީގެ ދަފްތަރެވެ.

އެކަން ފާހަގަކޮށް, މިއަދު އެކްސްގައި ކުރީގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަބްދުالله ޝާހިދު ޓްވީޓް ކުރެއްވިއެވެ.

"މިއަދަކީ އަނެެއްކާވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުގައި އައު އިސްނެގުމެއް މިޕާޓީން ނެގި ދުވަހެެއް. އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ މިޕާޓީގެ މެންބަރުން ވޯޓުލާ ގޮތަށް, ސިޔާސީ ޕާޓީ އަކުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަޖިލީސް ޕްރައިމަރީ އެމްޑީޕީ އިން ކުރިއަށްގެންދާ ދުވަސް،" ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއެއްގައެވެ. އެ 40 ދާއިރާ އަށް 193 ކެންޑިޑޭޓުން ވާދަކުރެއެވެ.

ބާކީ ހުރި 53 ދާއިރާގެ ތެރެއިން އޭދަފުއްޓާއި ނިލަންދޫ ދާއިރާ އަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލައެވެ. ދެން އޮތް 51 ދާއިރާއަށް ދެ ކެންޑިޑޭޓުން ކުރިމަތިނުލާތީ ދާއިރާތަކުގެ ޓިކެޓު 53 ފަރާތަކަށް ވަނީ ކަށަވަރުވެފައެވެ.

Ads by Ooredoo
  1. ކަލޯ އެންމެ އަންޑިމޮކްރެޓްކޮށް އެމްޑީޕީ ބޭއްވި ޕރއިމަރީއަކީ މީ ބަލާބަލަ މަޑަވެލި ދާއިރާގަ ވެސް ނަމެއްގަ ތިޕްރައި މަރީ ބޭއްވީ