ޚަބަރު

ރޮޒަައިނާއަށް އެމްޑީޕީ ޓިކެޓް ނުލިބުނު

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ރޮޒައިނާ އާދަމް -- ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވަން ބޭއްވި ޕްރައިމަރީން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފި އެވެ.

Ads by STELCO

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރޮޒެއިނާ ކުރިމަތިލެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ. އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ އަހުމަދު ޝަރީފު (ޑުންގާ) އެވެ.

ތުލުސްދޫ ދާއިރާގެ ގޮނޑި ފުރުއްވުމަށްފަހު މީދޫ ދާއިރާގެ ގޮނޑި އަށް ރޮޒެއިނާ ފުރަތަމަ އިންތިހާބުވީ 2014 ގަ އެވެ. އަދި 2019 ވަނަ އަހަރު ރޮޒެއިނާ ވަނީ އެ ގޮނޑި ދިފާއުކުރައްވާފަ އެވެ. ރޮޒެއިނާ އަކީ އައްޑޫގެ ފުރަތަމަ އަންހެން މެމްބަރު ވެސް މެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ރޮޒެއިނާ އަކީ ނިމުނު އެމްޑީޕީގެ ސަރުކާރު ދިފާއުކޮށް އެންމެ ގަދައަށް ވާހަކަދެއްކި އެއް ފަރާތެވެ.

  1. ގައުމުފަސާދަކުރަމުންދިޔައިރުއެއް ވެސްއެއްޗެއްހިތަންއެރިތަބޮނޑި ބޮވުނުތަ!