ޚަބަރު

ޖަލްސާ ބޮއިކޮޓް ކުރީ މަޖިލީހުގެ ބާރުކަނޑުވާލަން އުޅޭތީ: އެމްޑީޕީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާ ބޮއިކޮޓް ކުރި ސަބަބު އެމްޑީޕީން ހާމަކޮށްފި އެވެ.

Ads by STELCO

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރަން ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމަކަށްފަހު އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިނުވާން ނިންމި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއް ގޮތުގައި ޒަމާނުއްސުރެ އޮތް އޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދު ނޫން ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި، މި ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވުނު ދުވަހު، މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް، މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައިވުން ހިމެނޭ ކަމަށެވެ.

އަދި މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއަދު ޖަލްސާ ބޮއިކޮޓް ކުރަން ނިންމީ އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމުގެ ގޮތުން ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފަ އެވެ.

Ads by Allied Insurance
  1. ޢާންމުގޮތެއްގައި މުބާރާތް ތަކުގައި މެޗް ކުޅޭ ފުރަތަމަ ދުވަހު ހުރިހާ ޓީމްތަކުންވެސް ރަސްމިއްޔާތަށް ދާނެ، ފުރަތަމަ ދުވަހު ކުޅޭ މެޗް ބަލަން ނުތިބެވުނު ނަމަވެސް ! 5 އަހަރު ވަންދެކަ މެޗް ކުޅެން ތިބެފައި ފާބަން ޖެހުނީމާ ވާގތެއްތީ ތިޔައީ ކުޅުމުގެ ރޫހާއިވެސް ހިލާފް ކަމެއް، ހަޖަމް ކުރުމުގެ ޤާބިލް ކަން ޓީމްގައި ހުންނަންވާނެ !

  2. މިނިކާ ރާއްޖޭގެ ފަސްއަހަރު ހޭދަ ކުރީ ގައުމުގެ ހުރިހާ ކަެއް ހަލާކުކޮށް އެއްބާރުން އަނެއްބާރަށް އަރައިގަނެ ރައްޔިތުން އިނދަ ޖައްސާލަން އެކަންކޮއްފަ ކަލޭމެން ވެިކަން ބީވީމަ ތިއުޅެނީ ބާރު ތަށް ދައްކަން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ބޭނުން މިސަރުކާރު ދިފާޢު ކުރުމުގަ ރައީސްވެސް ހފާނެ ކަލޭމެނަށް އެކަނިތަ ބާރު އންނަން ޖެހޭނީ

  3. ރައްޔިތުމީހާ

    ރިޔާސީ ބަޔާން އިއްވިޔަ ނުދޭން އެމްޑީޕީ އާއި ދަނޑި ޕާޓީ ވަރަށް މަސައްކަތްކުރި. އެމީހުން ނައިމަ ކޯރަމް ނެތިގެން ޖަލްސާ ނުބޭއްވޭނެކަމަށް ދެކިގެން. އެހެންނަމަވެސް ޖަލްސާއަށް ނާންނާނެ ކަމަށް ހީކުރި ބައެއް މެމްބަރުން ހާސިރުވެ، ﷲގެ އިރާދަފުޅުން ވަރަށް އޮމާން ކަމާއެކު ރިޔާސީ ބަޔާން އިއްވިއްޖެ.
    މިހާތަނަށް ދިވެހި ވެރިޔަކު އިއްވި އެންމެ އުއްމީދުން ފުރިގެންވާ، ވަތަނީ، ދިވެހިވަންތަ، ޤައުމީވަންތަ އަދި އެންމެ ޝާމިލް ރިޔާސީ ބަޔާން. ރައީސް ގެ ސްޕީޗް ވަރަށް ފުރިހަމަވެފަ ހިތްގައިމު.