ޚަބަރު

މަޖިލިސް ޓިކެޓް އަތުލާ, ޖާބިރު އެމްޑީޕީން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކާށިދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި, މިހާރު ވެސް އެ ދާއިރާގެ މަޖިލީހުގެ މެންބަރު, އަބްދުالله ޖާބިރުގެ ޓިކެޓް އިދިކޮޅު އެމްޑީޕީން އަތުލައިފިއެވެ.

Ads by STELCO

މިއަދު އެމްޑީޕިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, 20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި ހ.ތިމާވެށި އަބްދުﷲ ޖާބިރު، އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ، އެ ކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައިވާތީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބަލާފައިވާ ކަމަށެވެ.

އެގޮތުން, އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ..

ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ, ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައި ވީނަމަވެސް އެފުރުސަތު ލިބޭނީ އެ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންކަމަށެވެ.

އޭގެ އިތުރުން އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީ ނަމަވެސް އަބްދުﷲ ޖާބިރު އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން މީލާދީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ގޮތަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމާފައެވެ.

  1. ހުސްދަޅަ ކަލޭމެނައް ރަނގަޅީ ވަގުން ރާބޯ ލާދީނީ މީހުން

  2. ފިޔަވަޅު

    ޖާބިރު ޕާޓީއަށް ވެެއްދިއިރު ނޭގެނީތަ ޖާބިރަކީ އެކަހަލަ މީހެއްކަން އެވާނީ ޖާބިރުއަތުން ލިބޭބައިވަރު ފައިސާ މިހާރު ނުލިބެނީކަމަށް އެމްޑީޕީއަކީ އަބަދުވެސް ލާރިފަހަތުން ދުވާޕާޓިއެށް ޖަބިރު ހަފުތާއަކު 50000 ނަ 70000 ން 150000 ނަ ދިންެިރު ޖާބިރުވަރުގެ މީހެއްނެތިގެން އުޅުނުތަން އަހަރެންގެ ދެލޮލުން ދެކުނު މީހެއްގެ ހައިސިއްޔަތުން މިބުނީ ތިއެމްޑީޕީ ވުޖޫދުންފޮހެވިގެންދާތަން އަދި ދުނިޔޭގަތިބި ބަޔަކުދެކޭނެ

  3. ހަސަނިކު

    ހ.ތިމާވެށި އަބްދުﷲ ޖާބިރު، އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެމްޑީޕީން އެކަމާބެހޭގޮތުން ކިތަންމެ ދިގު ނޫސްބަޔާނެއް ނެރުނުކަމުގައިވިޔަސް ޖާބިރު ވަކިކުރީ ރޮޒޭނާއާ ޕްރައިމަރީޒްގައި ނާކާމިޔާބު ލިބުނީމާ އޭނާއަށް ޓިކެޓް ދޭންވެގެންނެވެ. އަނެއް ސަބަބަކީ އެމްޑީޕީން ރިޔާސީބަޔާން ހުށަހަޅާޖަލްސާ ބޮއިކޮޓްކޮށްފަ އޮއްވަ ޖާބިރު ޖަލްސާއަށް ދިޔައިމައެވެ. އެމްޑީޕީއަކީ ނަމުން ޑިމޮކްރެޓިކް ހެދިގެން ހުދުމުތާރުކޮށް ކަންކަންކުރަމުން އަންނަ ބައެއްކަން މުޅިރާއްޖެ ހެކިވާނެއެވެ. ޖާބިރުއާ ދޭތެރޭގައި ފިޔަވަޅުއަޅާނީ، އޭނާ ޕްރައިމަރީޒުގައި ވާދަކޮށް ކާމިޔާބުހޯދާ ޓިކެޓްލިބުނީމައެއް ނޫނެވެ. އޭގެކުރިންވެސް އެމްޑީޕީން ތިކަން ކުރިނަމަ މިއަދުތިޔަ ވާހަކަތައް ދައްކާކަށް ނުޖެހޭނެއެވެ. ޖާބިރުއާމެދު ތިގޮތަށް ތިކަން ކުރިޔަސް އެންމެ އިންޗިއެއްވެސް ޖާބިރު ދުލެއްނުކުރާނެއެވެ. ކާށިދޫދާއިރާއަކީ މީގެކުރިންވެސް ޖާބިރު އަމިއްލަގޮތުން ކުރިތިލައިގެން ހޯދާފައިވާ ދާއިރާއެކެވެ. އެމްޑީޕީން ކިތަންމެ ވަރަކަށްތެޅުނަސް ޖާބިރަށް ދެރަގޮތެއް ނުހެދޭނެއެވެ.

  4. ޗަހިންދާ

    ތޮ ވަރަށް ރަނގަޅު ނިންމުމެއް….ޕާޓީއަށް އިތުބާރު ހޯދުމަށް ޓަކާވެސް….ޖާބިރަކީ ތިފަދަ މަގާމަކަށް އެއްގޮތަކަށްވެސް ކުފޫ ހަމަވާމީހެއް ނޫން!!!އޭނާ ޔަށް ވޯޓު ދޭ ބަޔަކުވެސް ހަލާކު ކުރައްވާށި!!!

  5. ރައްޔިތުންގެ މަޖިލިސްގެ ގިނަ މެމްބަރުން އެމީހުން ކުޅަ ހުވަޔާއި ހިލާފުވެ ޤާނޫނުއަސާސީއާއި ހިލާފަށް މަޖިލިހުގައި ޢަމަލު ކުރަމުންދާތީ މިފަދަ މެމްބަރުންގެ މައްސަލަބަލާ ފިޔަވަޅު އަޅަން ދައުލަތުގެ އިސްވެރިޔާ ރައިސް ޑރ މުއީޒަށް ގޮވާލަން ! ދރ