ޚަބަރު ސަރުކާރު

ސަރުކާރުން ހިލޭ ހައްޖަށް ގެންދާ މީހުންގެ ލިސްޓު މިމަހު އާއްމުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ހައްޖައް ދިޔަ ދިވެހިންތަކެެއް؛ ފޮޓޯ ސަން

ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންގެ ލިސްޓު މިމަހު އާއްމުކުރައްވާނެކަމަށްް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑޜ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދަޅުވެއްޖެއެވެ.

Ads by MWSC

ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ލިސްޓު މި މަސް ތެރޭގައިއާންމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން އެފަރާތްތަކަށް އަންގާ ލިޔުން ޙަވާލުކުރުމުގެ މަސައްކަތް ވެސް  ކުރަމުންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޙައްޖަށް ދިޔުމުގެ މާލީ ޤާބިލުކަން ނެތް 1000 މީހަކު ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ޙައްޖަށް ފޮނުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު މި މަހުގެ 4 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ.

އެ އުސޫލުގެ ދަށުން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވާއިރު، ޢުމުރުން 69 އަހަރު ނުފުރޭ ސިއްޙަތު ރަނގަޅު ކޮންމެ މީހަކަށް ފުރުސަތު އޮންނާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!