ކަނޑާއި ވަޔާއި އެއްގަމާ ހުރިހާ ތަނެއް ވެސް ބަލަހައްޓާނީ ދިވެހިން އަމިއްލައަށް: ރައީސް
ރާއްޖޭގެ ކަނޑާއި ކަނޑުގެ އަޑިއާއި ވަޔާއި އެއްގަމުން ފެށިގެން ހުރިހާ ތަނެއް ވެސް ބަލަހައްޓާނީ އެހެން ބަޔަކަށް ބަރޯސާ ނުވެ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, އިންޑިއާއާއެކު ކުރީ ސަރުކާރުން ހަދައިފައި އޮތް ހައިޑްރޮގްރަފީ އެއްބަސްވުމަކީ ރާއްޖެއަށް ގެއްލުން ލިބޭ ގޮތަށް ހަދައިފައި އޮތް އެއްބަސްވުމެއް ކަމަށާއި އެއާ ނުކުރަން ނިންމީ އެ ސަބަބާ ގުޅިގެން ކަމަށެވެ.
ރައީސް ވިދާޅުވީ, ރާއްޖޭގެ ކަނޑު އަޑީގައިވާ ކަންކަން ލާރި ދީގެން ބޭރު ބައެއް ލައްވައި ބެލުމުގެ ބޭނުމެއް ނެތް ކަމަށާއި ދިވެހި ކަނޑުގައިވާ ކަންކަން އެނގެން ޖެހޭނީ ދިވެހިންނަށް ކަމަށެވެ.
އިންޑިއާއާއެކު އެއްބަސްވުން އާ ކުރުމުގެ ބަދަލުގައި ރާއްޖޭގެ އަސްކަރިއްޔާގައި އެ ގާބިލުކަން ގާއިމްކުރުމަށް މިހާރު މަސައްކަތް ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބަޖެޓު ހަމަޖެހުނުހައި އަވަހަށް އެ ގަންނަންޖެހޭ ސޮފްޓްވެއާއާއި ހާޑްވެއާއާއި ހުރިހާ އެއްޗެއް ގަނެގެން އަޅުގަނޑުމެން އަމިއްލައަށް އެ މަސައްކަތްކުރާނީ," ރައީސް ވިދާޅުވިއެވެ.
އެއާއެކު ރައީސް ވިދާޅުވީ, ދިވެހި ކަނޑުގެ އިގްތިސޯދީ ސަރަހައްދު ބޭރު ބަޔަކަށް ބަރޯސާ ވެގެން ނުބަލަހައްޓާނެ ކަމަށާއި އެކަން ވެސް ކުރާނީ ދިވެހިން އަމިއްލައަށް ކަމަށެވެ, އެ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމްކޮށްގެން އަމިއްލައަށް ކުރާ ވާހަކަ ރިޔާސީ ބަޔާނުގައި އިއުލާނުކުރުމުން މަޖިލިސް ތެރެއިން އެކަމަށް ޖޯކު ހަދައި ދެކޮޅު ހަދަނީ ދިވެހިވަންތަކަމެއް ނެތް އަދި ވަކި ގައުމެއްގެ މަންފާއަށް އުޅޭ ބައެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ވަކި މަންފާއެއް ހޯދުމުގެ ބޭނުމުގައި، ވަކި ގައުމެއްގެ އެހީ ހޯދައިގެން ނޫނީ އެ ކަން ނުކުރެވޭނެކަަމަށް ބުނާ މީހުންނާއި، މީގެ ކުރިން ވެސް ގައުމަށް ހިޔާނާތްތެރިވެފައިވާ ބައެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
""ކަނޑުގެ އަޑިއާއި، ވަޔާއި، ކަނޑާއި، އެއްގަމާއި، ހުރިހާ ތަނެއް ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް އަޅުގަނޑުމެން ބަލަހައްޓާނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ގައުމަކާ ދެކޮޅުވެރިކަމެއް ނެތް ކަމަށާއި ކުރިއަށްދާނީ ރާއްޖެގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަންނަ އަދި މިނިވަންކަމާއި ސިޔާސަތަށް އިހުތިރާމް ކުރާ ގައުމުތަކާ ގުޅިގެން ކަމަށެވެ,
އަޅުގަޑުމެން ރައްޔިތުން މިވަނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެރާޖެ ހިމާޔަތް ކުރުމަށް މާލާއި ޖާނުން ޤުރުބާން ވުމަށް ރައީސު ޑރ މުހައްމަދު މުއީޒަށް ބައިިިޢަތުހިފާފައިކަން ހަދުމަކޮށް އަރުވަން ! ރައީސާއި ދެކޮޅުވާ މީހަކަށް އޮތީ އަދަގޮޑި އާއި ކުޑަ ގޮޅި ކަން ހަދާންކޮށްލަދެން !