Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

ރައީސްގެ ފުރަތަމަ ދަތުރު 10 ރަށަކަށް: ރައްޔިތުންނަށް އުއްމީދުތަކެއް

ރައީސްގެ ފުރަތަމަ ދަތުރު 10 ރަށަކަށް: ރައްޔިތުންނަށް އުއްމީދުތަކެއް

ވެރިކަމަށް ހަވާލުވެވަޑައިގަތް ފަހުން އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު އިއްޔެ ވަނީ ނިންމަވާލައްވާފައެވެ. ތ އަތޮޅުގެ ބައެއް ރަށްރަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ފެއްޓެވީ އަތޮޅު ގުރައިދޫއިންނެވެ. އެއަށް ފަހު ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ރައީސް ވަޑައިގެންނެވިއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެ ދަތުރުފުޅުގައި ރަށްރަށަށް، ރައީސް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. ރަށު ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ގުރައިދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ރަށުގައި އަޅާ އެއާޕޯޓްގެ މަސައްކަތް  މިއަހަރު ފައްޓަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ގުރައިދޫގެ އެއާޕޯޓްގެ މަސައްކަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަން ފާހަގަކުރައްވައި، އެމަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ރަށު ރައްޔިތުންނަށް ދެއްވާފައެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/presidencymv/status/1754742711897538905

މަޑިފުށީ ސްކޫލްގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަތުރުވެރިކަމަށް އުއްމީދު ގެނުވައިފަދަ ކަމެއް އިއުލާން ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފައްޓާވާނެކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެއެވެ. ރާއްޖެ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންވެސްޓަރުން ބަލައިގަންނަ ފަދަ ތަނަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

https://twitter.com/presidencymv/status/1755538607467852245

މި ދަތުރުފުޅުގައި ރައީސް، ރައްޔިތުންނަށް އެންމެ ގިނައިން ވިދާޅުވި އެއް ވާހަކައަކަށް ވާނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ހަނދުމަފުޅު ނެތޭ ކަމެވެ. ވޭމަންޑޫގައި، އެ ވާހަކަ ތަކުރާރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތްވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން، އެކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާކަމުގައެވެ. ރައީސް ވިދާޅުވީ އެކަންކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި އެކަން ހާސިލުކުރެވޭނެ ކަމުގައެވެ.

https://twitter.com/presidencymv/status/1755494081696792684

ހަމައެހެންމެ، ރާއްޖޭގެ ކަނޑުގެއަޑި ސަވޭކުރުމުގެ މަސައްކަތްވެސް ކުރައްވާނީ ރާއްޖޭގައި އެކަމުގެ ގާބިލުކަން އުފައްދަވައިގެން ކަމުގައި ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ ކަނޑުގެ އަޑި ސްކޭންކޮށް، ސާވޭކޮށް، މެޕް ހަދައި، މި ހުރިހާ ކަމެއް ކޮށްގެން އެހެން ބަޔަކު ގެންދާގޮތަށް އޮތުމަކީ، ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ހައިޑްރޯގްރެފިކް އެގްރީމަންޓް އާނުކުރަން ނިންމީ. އެއްވެސް ގައުމަކަށް، އެއީ، ވަކި ގައުމެއް ވީމައެއްނޫން. އެއްވެސް ގައުމެއްގެ މިލްކަކަށް އަޅުގަނޑުމެންގެ ކަނޑުއަޑީގެ މަޢުލޫމާތު ވެގެން ނުވާނެ ނޫންތޯ'' ރައީސް ވިދާޅުވިއެވެ.

ވަޑައިގެންވެި ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ރައީސް ގެނުވީ އުއްމީދެވެ. މީގެ ކުރީ ސަރުކާރުންތަކުން އަޅާނުލާ އޮތް އޮތުން މި ސަރުކާރުން ނިންމުމަކަށް ގެންނާނެކަމުގެ ޔަގީންކަމެވެ. އަދި ރަށްތަކުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމައިދޭނެކަމެވެ. ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މަގު ފަހިކޮށް ދިނުމަށް ސަރުކާރުން އޮތީ ރައްޔިތުންނާ އެކުކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އިގްތިސާދީ ހާލަތު މި ދަތި ދަނޑިވަޅުގައި ރައްޔިތުން ސަރުކާރާއެކު ތިބުމަށް ރައީސް އިލްތިމާސް ކުރައްވާފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް