ދީން

އިސްރާއާއި މިޢުރާޖުގައި މާތްﷲ ދެއްވި އެންމެ ބޮޑު އެއް ނިއުމަތަކީ ނަމާދު ފަރުޟުކުރެއްވުން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިސްރާއާއި މިޢުރާޖުގައި މާތްﷲ ދެއްވި އެންމެ ބޮޑު އެއް ނިއުމަތަކީ ނަމާދު ފަރުޟުކުރެއްވުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ" އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން" މިއެވެ.

ހުތުބާގައި ބުނީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް ދެއްކަވާފައިވާ ކަމަށެވެ.  އޭގެތެރެއިން އެއްބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބައެކެވެ.

އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައެވެ.

އަދި އޭގެތެރެއިން އެއްބަޔަކީ، އެބައިމީހުންގެ އިނގިލިތަކުގައި، ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތި މޮށޭ މީހުން ކަމުގައެވެ.

މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް اﷲ މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުން ކަމަށާއި، އެހެން ފަރާތެއް މެދުވެރި ނުކުރައްވައި ސީދާ الله سُبْحَانَهُ وَتَعَالَى މި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން މިފަރީޟާގެ މަތިވެރިކަން އެނގޭކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!