ޚަބަރު

ސަރުކާރުގެ ކެނޑިޑޭޓް މުސްތޮ ފޯމް ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ފަރާތުން އަންނަ މަޖިލިސް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރާ  ކެނޑިޑޭޓް މުޙައްމަދު މުޞްޠަފާ އިބްރާހީމް ފޯމް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

ިމިއަދު ހެނދުނު މުސްތޮގެ ކެނޑިޑަސީ ފޯމް ހުށަހަޅާފައިވަނީ ދާއިރާގެ ރައްޔިތުންނާއެކުގައި އީސީއަށް ވަޑައިގެންނެވެ. މިދިޔަ މަހު ފަހުކޮޅު ބޭއްވި ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ޕާޓީގެ ޓިކެޓް މުސްތޮ ހޯއްދެވީ ބޮޑު ތާއީދަކާއެކުގައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ އަންނަ މަހު 17 ގައެވެ. އެއީ ރޯދަ މަހުގެ 7ވަނަ ދުވަހެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ޕްރައިމަރީތައް ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ވަނީ ބާއްވާފައެވެ. ބައެއް ކެނޑިޑޭޓުންގެ ކެނޑިޑަސީ ފޯމުތައް މިހާރު ވަނީ ހުށަހަޅާފައެވެ.

  1. މަޖިލިސް އިންތިހާބެއް ނޫންތަ؟