ޚަބަރު

ސަފާތުގެ ކެންޕެއިން ޕޯސްޓަރަށް ގެއްލުން ދީފި, މައްސަލަ ފުލުހަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލޭ މެދު ދާއިރާއަަށް އެމްޑީޕީން ކުރިމަތިލައްވާ ސަފާތު އަހްމަދު ޒާހިރުގެ ކެންޕެއިން ޕޯސްޓަރަށް ބަޔަކު ގެއްލިން ދީފިއެވެ.

Ads by Hajj Corporation

ހުޅުމާލޭ އޭނާގެ ވާދަކުރާ ދާއިރާގައި ހަރުކޮށްފައި މި ޕޯސްޓަރަށް ގެއްލުން ދީފައިވަނީ ކޮންބައެއް ކަމެއް އަދި އިނގިފައެއް ނުވެއެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ސަފާތުގެ ކެންޕެއިން ޓީމުން ބުނެއެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ސަފާތުގެ އިންތިޚާބީ އެޖެންޓް ޝަފާފް ބުނެފައިވަނީ މިކަމަކީ ސަފާތުގެ އިންތިޚާބީ ހައްޤަށް އަރައިގަތުން ކަމަށެވެ. އަދި ބިރެއްނެތި ކެންޕެއިންކޮށް, އިންތިޚާބުގައި ވާދަކުރުމަކީ ކޮންމެ ކެނޑިޑޭޓެއްގެ ޙައްޤެއް ކަމަށާއި އެ ޙައްޤު ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ކެންޕެއިން ޕޯސްޓަރުތައް ކަރާ ދިމާއިން ތޫނު އެއްޗަކުން ބުރި ކުރުމަކީ ދެވޭ އިންޒާރެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވަނީ މިއަންނަ މަހު 17ގައެވެ. ނަމަވެސް މިއަދު މަޖިލީހުން ވަނީ ރޯދަ މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުން މަނާކޮށް ބިލެއް ފާސްކޮށްފައެވެ. މި ބިލު ރައީސް ތަސްދީޤް ކުރައްވައިފިނަމަ އިންތިޚާބު ލަސްކުރަން ޖެހޭނެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!