ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ކުޑަ ކުރުމަށް ނިންމާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމާމެދު އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަން ބީއެމްއެލުން އެ މިނިސްޓްރީއަށް ކަށަަވަރު ކޮށްދޭ ކަމަށެވެެ.
އަދި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މިނިސްޓްރީ އާއި އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން މިފަދައިން ވިދާޅުވީ ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވުމުން މިހާރު ޑޮލަރުން ބޭނުންކުރެވޭ އަދަދު ވަރަށް ބޮޑަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކުރުމާއި ގުޅިގެންނެވެ.