ޚަބަރު

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީން ވިދާޅުވީ އެޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިމަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މިކަމަށްއެދޭ މިޕާޓީގެ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާއި އެކު ގޫގުލްފޯމް ފުރިހަމަކޮށް ހުށައެޅުއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެޑައިގަތުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!