Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަނީ

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަނީ

މާލޭ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އެގޮތުން މިކަން ހާމަކޮށް އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހު މާލޭ ސަރަހައްދުގެ ކޯބާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ގޮސް އެތަންތަން ބަލައި ފާސްކުރާނެ ކަމަށް އެޗްޕީއޭގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އެޗްޕީއޭ އިން ވިދާޅުވީ މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ހުޅުމާލެ ހޮސްޕިޓަލް އަދި ކަމާގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް