ޚަބަރު އިޖުތިމާޢީ

ތެލެސީމިއާ އަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގައި އަޅަން ބިން ހަމަޖައްސައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ތިން ވަނަ ޤައުމީ ތެލެސީމިއާ ކޮންފަރެންސް "ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން

ތެލެސީމިއާ ޕޭޝަންޓުންނަށް ހާއްސަ ކްލިނިކެއް ގާއިމުކުރަން ހުޅުމާލެ ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

''ނެޝެނަލް ތެލަސީމިއާ ކޮންފަރަންސް 2024'' ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދޭކަން ފާހަގަކުރައްވާފައެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް އެކި ހިދުމަތްތައް ހަމަޖެއްސުމަށް ވަނީ ނިންމާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ތެލަސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް، މާލެ ސަރަޙައްދުގައި ހަމަޖައްސަވައި، ކެބިނެޓުން އެކަން ނިންމުމަށްފަހުގައި، ހުޅުމާލެ، ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ހަމަޖައްސަވައި ދެއްވާފައި.

އަދި އެ ހޮސްޕިޓަލް އެޅުމަށްޓަކައި ބޭނުންވާނެ ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަމަށާއި، ދާދި އަވަހަށް އޭގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެކަަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ، ސަރުކާރުގެ ޚަރަދުގައި ހިލޭ ކުރެވޭގޮތް ހެދުމަކީވެސް ރައީސްގެ އެންމެ މުހިންމު އެއް ރިޔާސީ ވަޢުދުކަމަށެވެ.

އެކަން އިރާރަކުރެއްވިއްޔާ، އެގޮތަށް މިހާރު ފެށްޓިފައި ވާކަން އުފަލާއެކީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

ތެލަސީމިއާ އަށް ފަރުވާ ހޯދާ ވީހާވެސް ގިނަ ކުދިންނާއި މީހުންނަށް މި ފުރުޞަތު ފަހިކޮށްދިނުމަކީ، ސަރުކާރު އަމާޒު ހިފާފައިވާ ވާއިރު، ތެލަސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް، ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށްވެސް އެމަނިކިފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވަނީ ތެލަސީމިއާ ކުދިން ކުރާ ހިތްވަރު ފާހަގަކޮށް، އެ ކުދިންނަށް ހިތްވަރުދެއްވާފައިއެވެ. އަދި އެ ކުދިންގެ ޢާއިލާތަކުން އެކުދިންނަށް ދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ތަރުޙީބުދެއްވާފައިއެވެ. އަދި ތެލަސީމިއާ އަށް ހޭލުންތެރިކުރުމާއި، ފަރުވާގެ ކަންކަމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަކުގެ މިންނެތް ބުރަ މަސައްކަތް ފާހަގަކޮކުރައްވާ، އަގު ވަޒަންކޮށްފައިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!