500,000 ރުފިޔާގެ ސްކޭމް މައްސަލައެއްގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

500,000 ރުފިޔާގެ ސްކޭމް މައްސަލައެއްގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ 500,000 ރުފިޔާގެ ސްކޭމް މައްސަލައެއްގެ ތުހުމަތުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 17 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުުމުނެ 15 ދުވަހަށް ބަންދުކުުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC