63 ދިވެހިން ހިމެނޭ ގޮތަށް މިއަދު އިތުރު 89 މީހަކަށް ކޮވިޑަށް ފައްސި ވެއްޖެ

މިއަދު އިތުރު 89 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ، މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 63 ދިވެހީންނާއި ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާގެ ފަސް މީހަކާއި ލަންކާ މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 7667 އަށް އަރައިފައެވެ.
އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 5036 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2597 މީހެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.