ޚަބަރު ސަރުކާރު

މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު ޝިޔާމް މަސްވެރިންތަކަކާއި ބައްދަލުކުރައްވަނީ

ކޫއްޑޫއަށް މަސް ކިރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ރޭގެ ނިޔަލަށް 70 މިލިއަން ރުފިޔާ ދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އެ މިނިސްޓްރީން ބުނީ ރޭގެ ނިޔަލަށް މިފްކޯގެ ފަރާތުން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ޖަމާކޮށްދީފައިިވާ ކަމަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް އަންނަ ހޯމަ ދުވަހުގެ ކުރިން 30 މިލިއަން ރުފިޔާ ޖަމާކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޫއްޑޫގައި އިޙްތިޖާޖު ކުރަމުންދިޔަ މަސްވެރިންނާ ބައްދަލުކުރުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގަތުމުން މަސްވެރިންނާއި އޮޑިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި، އަދި ސަރުކާރުގެ ހުށަހެޅުން ގަބޫލުކޮށް މަސްވެރިން ކުރަމުންދިޔަ ސުލްހަވެރި އިޙްތިޖާޖު ހުއްޓާލައި އެނބުރި މަސްވެރިކަމަށް ނުކުތުމަށް މަސްވެރިން ނިންމާފައިވާތީ މިނިސްޓްރީން ވަނީ މަސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ބަޔާނުގައި ބުނީ، މިފަދަ ދަނޑިވަޅުތަކުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ފެސިލިޓީތައް ހުއްޓިފައި އޮންނަ އޮތުމާ ގުޅިގެން އެކަމުގެ ސަބަބުން މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށާއި އަދި އެކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމީ ދިވެހި ދައުލަތާއި މިނިސްޓްރީން ނކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތްކުރުން މުހިއްމު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!