ޚަބަރު އިޖުތިމާޢީ ސަރުކާރު

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ގެ ނަމުގައި ވިޔަފާރިވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް އިފްތިތާހުކޮށްފި އެވެ.

މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ރައީސްކަން ކުރައްވާއިރު މި ޖަމިއްޔާގެ ޗެއާޕާސަަނަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރ ސައުދުއެވެ. އަދި ޖަމިއްޔާގެ ނާއިބު ރައީސްއަކީ އަމިނަތު މުޒުނީނާ އެވެ.

މި ޖަމިއްޔާ އިފްތިތާހުކޮށްފައިވަނީ ބީހައިވް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްޓީއޭ އިން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިވެރިންގެ މަސްލަހަތުގައި އެމްޓީއޭއިން ވަކާލާތު ކުރާނެ ކަމަށެވެ ހަމަ އެހެންމެ ސަރުކާރާއި ވިޔަފާރިވެރިން ގުޅުވައި ދިނުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރާނެއެވެ.

މިގޮތުން ވިޔަފާރިއާއި އިގްތިޞާދާ ގުޅުންހުރި ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބިނާކުރުވަނިވި ގޮތެއްގައި މިނިވަންކަމާއެކު ފާޑުކިޔުމުގެ އިތުރުން, ސަރުކާރުތަކުން އެކުލަވާލާ އިގްތިޞާދީ ސިޔާސަތުތަކަށް ފަންނީ ލަފާ ދިނުމާއި, އެ ސިޔާސަތުތައް އެކުލަވާލެވިގެންދާއިރު ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ދިވެހި ވިޔަފާރަވެރިންނަށް އިތުރު ފުރުސަތު ފަހިކޮށް ދިނުމަށް އެމްޓީއޭ އިން މަސައްކަތް ކުރާނެ ކަމަށްވެސް އެ ޖަމިއްޔާއިން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!