ޚަބަރު ސަރުކާރު

ކުވޭތުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުވޭތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ސަބާހް އަލް ސާލިމް އަލް ސަބާހަށާއި ކުވޭތުގެ ޢަމީރު ޝެއިޚް މިޝަލް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާހްއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް އެ ގައުމުގެ އިސް ވެރިންނަށް ފޮނުއްވި މެސެޖުގައި ވަނީ ދެޤައުމުގެ ދެމެދު އޮންނަ އިތުބާރައި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ. އަދި ކުވައިތުގެ ދުރުވިސްނޭ ލީޑަރޝިޕުން އެޤައުމަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދެއްވަމުން އަންނާތީ އެ މެސެޖުގައި އެމްނިކުފާނު ވަނީ އެކަންވެސް ފާހަގަކުރައްވާފައިއެވެ.

ރައީސް ވަނީ ރާއްޖެއާއި ކުވޭތުގެ ދެމެދު އޮންނަ ގުޅުން ބަދަހިކަމާއެކު ގުޅިގެން ކުރިއަށްދާނެކަމުގެ ޔަޤީންކަންދެއްވައި، ދެޤައުމުގެ އަޚުވަންތަކަމުގެ ގުޅުމަށް ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެ ދާނެ ކަމަށް ވިދާޅުވެފައިއެވެ.

ރައީސްގެ މެސެޖު ނިންމާލައްވާފައި ވަނީ ކުވޭތުގެ ބޮޑުވަޒީރާއި ޢަމީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވޭތަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކާއި އެކުވެރިކަން ބަދަހިކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެމަނިކުފާނު ދަނީ އެކި ގައުމުތަކާއި ރާއްޖެއާއި އޮތް ގުޅުންތައް ވަރުގަދަކުރަން މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!