އޮޔާދަނިކޮށް 10 ޑައިވަރުން ސަލާމަތްކޮށްފި
ގދ، ގަމާއާ ދިމާއިން އޮޔާ ދަނިކޮށް 10 ޑައިވަރުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މެރިން ޕޮލިސް ލޯންޗުގައި މިއަދު ހެނދުނު ފުވައްމުލަކުން ގދ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ގދ. ގަމާ ދިމާއިން ކަނޑުމަތިން ޑައިވަރެއް ފެނިފައިވާ ކަމަށެވެ.
އަދި މެރިން ޕޮލިސް ލޯންޗަށް އެ ސަރަހައްދުން ރަޝިއާގެ 10 ޑައިވަރުންނާއި 4 އިންސްޓްރަކްޓަރުން ނަގާ ސަލާމަތްކޮށްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުން ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މެރިން ޕޮލިސްގެ ލޯންޗުގައި އެމީހުން ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.
Ads by Allied Insurance