ޚަބަރު ސިޔާސީ

ރައީސް މުއިއްޒު އަޅުގަނޑު މިނިވަންކޮށްފާނެ ކަމަށް އިންތިޒާރެއް ނުކުރަން: ޔާމީން

. ، ދެން އޮންލައިން
ރައީސް ޔާމީން ޕީއެންއެފްގެ އޮފީހުގައި.. ދެން އިމޭޖްސް

އެމަނިކުފާނު މިނިވަންކުރައްވަން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއްވެސް އިރަކު އިންތިޒާރު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީޕީއެމުން ވަކިވެވަޑައިގަތް ޔާމީން, އިސްވެ ހުންނަވައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަން ކޮމިޝަނަށް އޮތީ މިހާރު ވައްދާފައެވެ. ގޭ ބަންދުގައި ހުންނެވި ޔާމީނުގެ ތާއިދާއެކު ވާދަކުރައްވާ ކެންޑިޑޭޓުންނާ އެމަނިކުފާނު ގެންދަވަނީ ޕާޓީ އޮފީހުގައި ބައްދަލުވުންތައް ބާއްވަމުންނެވެ. ވާދަކުރާ ކެންޑިޑޭޓުންނާ އެކި ކަންތަކުގައި ޔާމީން ސުވާލުވެސް ކުރެއެވެ. ހޮވިއްޖެނަމަ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ މައުލޫމާތުވެސް އޮޅުންފިލުއްވައެވެ.

ޕީއެންއެފްގެ ކެނޑިޑޭޓު ދެއްކި ވާހަކަ އަށް ހިޔާލު ހުށަހަޅުއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް ދޫކޮށްލާފައި ދިޔައީ ކީއްވެގެންކަން ރައްޔިތުންނަށް އަންގައިދޭން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް ސިޔާސީ އެއްވެސް ހަރަކާތެއްގައި ނުވަތަ މީީޑިއާގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ލިބިވަަޑައިނުގަންނަވާ ކަމަށެވެ.

ސަބަބަކީ މީޑީއާގައި ވާހަކަ ދެއްކެވުން އޮތުން ކަމަށެވެ. އެއަށް ފަހު ވިދާޅުވީ މިނިވަންވެދާނެ ކަމަށް އިންތިޒާރު ނުކުރައްވާ ކަަމަށެވެ.

''އަޅުގަނޑު އެއްވެސް ގޮތަކަށް ނޭދެން މި ޕޯޑިއަމްގައި އެއްވެސް ބޭފުޅަކު ރައީސް ޔާމީން ސަލާމަތްކޮށް ނުދީގެން މި ވާހަކަ ދައްކާކަށް އިނގޭތޯ...އަޅުގަނޑު އިންތިޒާރުގައި އެއްވެސް ހިސާބެއްގައި ނެތޭ ރައީސް މުއިއްޒު އަޅުގަނޑު ވީއްލުމަށް މަސައްކަތެއް ކުރައްވާ ކަމަކަށް. ކުރައްވަންޏާ ކީއްވެތޯ މިއަދު ކުރައްވަންވީ. ކީއްވެގެންތޯ މި ދެމަސް ދުވަސް ދިޔައިރު ނުކުރެވުނީ." ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާލާތާ ގުޅިގެން ޔާމީނަށް އިއްވި ހުކުމްގެ އިސްތިއުނާފީ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމާ ހިސާބުގައެވެ.

Ads by HDC
  1. ކިބުރުވެރި ނުވެ ބޮޑާ ނުހާކާ ހުރިނަމަ މިހާރު އޮންނާނީ ސަލާމަތްވެފަ ގާނޫނާ ގަވައިދުގެ ތެރެއިން ނޫން ގތަކަށް ތިކަން ނުކުރެވޭނެ

    • ކުދުބެއްޔާގެ ހަމީދު

      ގާނޫނާ މިހާރުވެސް ޙިލާފުވެއްޖެ

  2. ކޮރަކައްޔާ

    ބޮޑާބެ ދެން ފަޅޮލޭ ނުކިޔާ. ޕާޓީ ރަޖިސްޓަރީީ ކުރެވޭތޯ އުޅެބަލަ.
    މިހާރު ސައިޒު އެނގިފަ އޮންނާނީ.

  3. އަހުމަދު

    ހީލަތްތެރިކަން އިސްކޮއް ކުރިޔައްދެވިދާނެކަމައްވިސްނުމަކީ ގޯހެއް އެގޮނޑި ތަފާތު އަދިވެސް

  4. އަބްދޫ

    ބަލަގަ ޔާމީނު .އަދީބަށް ޔާމީނު އެންގީ މީރާއަށް ޖަމާކުރަންޖެހޭ ޗަެކް މިރާއްށް ޖަމާނުކޮށް އެމްއެމްޕީއާރުސީ އަށް ޖަމާކުރުމަށް . އެއީ ކީއްވެ؟އެޗެކްތައް އެމްއެމް ޕީއާރުސީ އަށް ޖަމާނުކޮށް އަމިއލް މިހުންގެ ކުންފުނި އެކައުންޓަށް ޖަމާކޮށްގެން ޗެކް މާރުކުރަން ހަމަޖެއްސީ ޔާމީނު ނޫނަތް؟ޗެކްމާރުކޮށް ކަމިސަންނަގާ އަދީބާއި ޔާމީނަށް ބެހީ ނޫންތަ؟ޔާމީނުގެ ވެރިކަމުގަ ދޫކުރިފަޅުތަކާއި ރަށްރަށުން ަޑޮލަރެއް ޔާމީނުގެ އެކައުންޓަށް ޖަމާވި. އެތަނުން އެމްޑީޕީއާގުޅުންހުރި މަދުބައެއްގެ މުއާމަލާތް ފަޅާއަރައިގެން މިއުޅެނީ . އަމިއްލައަށް ހިންގި ޖަރީމާގެ ޒިންމާ އަމިއްލަ ބޮލުގަ އަޅަންޖެހޭނެ.