ޚަބަރު

އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ 314 މީހަކަށް މިިދިޔަ ސަރުކާރުގައި މައާފުދީފައިވޭ: އިހުސާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ 314 މީހަކަށް މިިދިޔަ ސަރުކާރުގައި މައާފުދީފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކް ކުރާ 314 މީހުން އާންމު މުޖުތަމައުތެރެއަށް ދޫވެގެން ދިއުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އުމުރު ދުވަހަށް މީހަކު ޖަލަށް ލެވެނީ ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރާ ވަަރަށް ބުރަ މަސައްކަތުން ކަމަށް އިހުސާން ވިދާޅުވިއެވެ.

"ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި އުމުރަށް ޖަަލަށް ލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން މާފުދެވިފަ. އުމުރަށް ޖަލަށް މީހަކު ލެވެނީ ފުލުހުން ކުރާ ވަރަށް ބުރަ މަސައްކަތުން އޭނަ ޓްރެފިކް ކުރި ކަމުގެ ތަހުގީގެއް ނިމި ޕްރޮސެކިއުޓް ކުރެވި އެތައް ދުވަހެއް ކޯޓު މަރުހަލާގަ ކަޑައްތުކޮށް ޝަރީއަތަކުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވަނީ" އިހުސާން ވިދާޅުވިއެވެ.

އެހާ ފަސޭހައިން އުމުރު ދުވަހުގެ ޖަލު ހުކުމް މާފު ކުރެވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތަށް ދޫކުރެވިފަ ތިބި މީހުން ތަކުރާރުކޮށް އެކި މައްސަލަތަކުގައި ޝާމިލުވާތަން ފެންނަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތި ޓްރެފިކް ކުރާ 314 މީހުން މުޖްތަމަޢު ތެރެއަށް ދޫވެގެން ދިޔުމަކީ އެފަދަ މައްސަަލަތައް ހައްލުކުރަން އުނދަގޫވާނެ ކަމެއް ކަމަށް ވެސް އިހުސާން ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!