ހުޅުމާލޭ ދެ ސަރަހައްދެއް ޓޯޔާޑަކަށް ހަމަޖައްސައިފި
މާލޭގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމަށް ފަހު، ބެހެއްޓުމަށް ހުޅުމާލެއިން ދެ ބިމެއް ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ގިނަ ދުވަސްވީ ސައިކަލުތައް ނެގުމުގެ މަސައްކަތް މި ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ސައިކަލު ނަގާފައިވާ ކަމަށެވެ.
އަދި ހުޅުމާލެއިން ދެ ބިމެއްގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ޓޯޔާޑެއްގެ ގޮތުގައި ބޭނުންކުރަން ލިބިފައިވާ ކަމަށާއި ނުގަވާއިދުން ޕާކުކުރާ އުޅަނދުތައް ގެންދާނީ އެ ސަރަހައްދަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ވެހިކަލްތައް ނެގުމުގެ ކުރިން އެ އުޅަނދުތައް ގަވާއިދުގެ ދަށުން ޕާކުކުރަން އޭނާ ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.